ads
މަޖިލީހުގެ މާލިއްޔަތު ކޮމިޓީ
މާލިއްޔަތު ކޮމިޓީގެ ވިސްނުމަކީ އުއްތަމަ ފަނޑިޔާރަށް ބޮޑު ޕެކޭޖު ނުދިނުން
މާލިއްޔަތު ކޮމިޓީގެ ވިސްނުމަކީ އުއްތަމަ ފަނޑިޔާރުގެ ރިޓަޔަމެންޓަށް ބޮޑު ޕެކޭޖެއް ނުދިނުންކަމަށް އެ ކޮމިޓީގެ މެންބަރު އަދި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ވިދާޅުވެއްޖެ އެވެ.
Advertisement

ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ އުއްތަމަ ފަނޑިޔާރަކަށް ގަނޑުކޮށް ބައި މިލިއަން ރުފިޔާ އަދި މަހަކު އެލަވަންސްގެ ގޮތުގައި 70،000 ރުފިޔާ ލިބޭނެހެން ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު ބަދަލުކުރަން ޖޭއެސްސީން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމުން، އެކަމުގައި އަމަލު ކުރަން ޖެހޭނީ ނެޝަނަލް ޕޭ ކޮމިޝަނުން ނިންމާ ގޮތަށް ކަމަށް މިއަދު އެ ކޮމިޓީންވަނީ ފާސްކޮށްފަ އެވެ.

ފަނޑިޔާރުންގެ ރިޓަޔާމަންޓާ ގުޅިގެން މިހާރު އަމަލުކުރަމުން އަންނަ ގަވާއިދުގައި، ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ވަކި ހާއްސަ އިނާޔަތްތަކެއް ކަނޑައަޅާފައެއް ނޯވެ އެވެ. އެ ގަވާއިދުގައިވާ ގޮތުން އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ހުށަހަޅާ ފަނޑިޔާރުންގެ ތެރެއިން ރިޓަޔާކުރެވޭ ފަނޑިޔާރުންނަށް އިނާޔަތް ދެވޭނީ 10 އަހަރު ހިދުމަތް ކުރައްވާފައިވާ ނަމަ އެވެ.

ނަމަވެސް، ޖޭއެސްސީން މިހާރު ނިންމާފައި ވަނީ އެ ގަވާއިދު އިސްލާހުކޮށް، އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވެންސެއް ދިނުމަށެވެ. އެގޮތުން، ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ދަތުރުފަތުރުގެ އެލަވަންސާއި ލިވިން އެލެވެންސްއެއްގެ ގޮތުގައި މަހަކު 70،000 ރުފިޔާ ދޭން ވަނީ ހިމަނައިފަ އެވެ. އަދި ރިޓަޔަމަންޓް އެލަވަންސްގެ ގޮތުގައި ފަނޑިޔާރުކަމުގެ މުއްދަތުގެ އިތުރުން ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމަނަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި މާލިއްޔަތު ކޮމިޓީގެ މެންބަރު މަމްދޫހު ވިދާޅުވީ، މާލިއްޔަތު ކޮމިޓީގައި "ފަނޑިޔާރުންގެ ރިޓަޔަރމެންޓް ގަވާއިދު" އަށް ބަދަލުތަކެއް ގެންނަން ހުށައަޅާފައިވާ މައްސަލަ ކޮމިޓީން ނިންމީ އިތުރަށް ދިރާސާ ކުރުމަށް ކަމަށެވެ. 

މަމްދޫހު ވިދާޅުވި ގޮތުގައި ޖޭއެސްސީން ހުށަހެޅި ‏ސިޓީން ސާފުވާ ގޮތުގައި މިހާރު އޮތް ގޮތުން އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރެއްވުމުން ގަނޑުކޮށް ލިބިލައްވާނީ 185،100 ރުފިޔާ އެވެ. އެކަމަކު، ޖޭއެސްސީން ހުށަހެޅި އިސްލާހުތަކާ އެކު އެ އަދަދު 493،600 ރުފިޔާއަށް އަދި، މިހާރު މަހަކު އެ މަނިކުފާނަށް ލިބެން އޮތް 47،182.50 ރުފިޔާ 70،000 ރުފިޔާއަށް ބޮޑުވާނެ ކަން މަމްދޫހު ފާހަގަ ކުރެއްވި އެވެ. 

މަމްދޫހް ވިދާޅުވީ ‏ކޮމިޓީން އިތުރަށް ދިރާސާކޮށް، ކޮމިޓީގެ 24 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ، ކުރީންވެސް އޮންނަ ގޮތަށް، އަދި ފާހަގަ ކުރެވުނު ބޮޑު އިތުރުވުން ނާންނަގޮތަށް، މިކަން ކުރިއަށް ގެންދިޔުމަށް, ޖޭއެސްސީ އަށް އެންގުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް