ads
ޔޯގާއި އޮތް ދުވަހު މޫޒާހަރާކުރި މީހުން ބޭނުންކުރި ދިދަތައް މުހައްމަދު އިސްމާއިލް ބެލުމުގެ ދަށުން ޕީޕީއެމް އޮފީހުން ނެރުނީ
މެމްބަރު މުހައްމަދު އިސްމާއިލަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި
އިންޑިއާ ހައި ކޮމިޝަނުން މާލޭ ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ޑޭ ގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް ނިންމާ އެކަން އިއުލާން ކުރައްވައިފިއެވެ.
Advertisement

އެ މައްސަލާގައި މެމްބަރު މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާއެވެ. 

އެ ދައުވާ ނުކުރަން ނިންމާ ދައުވާ އަނބުރާ ނެގިކަން ޕީޖީ އިއުލާން މިކުރީ އޭނާގެ މައްޗަށް ދައުވާ އުފުލާފައި އޮތުމުން ކުޑަވެސް ފަރުވާލެއް ނެތް ކަމަށާއި އެ ދައުވާ ސާބިތުނުވާނެކަމަށް މުހައްމަދު އިސްމާއިލް މިދިޔަ އާދިއްތަ ދުވަހު ބުނެފައިވަނިކޮށެވެ. 

ޔޯގާ ދުވަހުގެ ހަރަކާތްތަކާއި ގުޅިގެން ޝެއިހް ފަޒްލޫން މުހައްމަދާއި ޝެއިހް އާދަމް ނިޝާންގެ މައްޗަށްވެސް ދައުވާކުރިއެވެ. ޕީޖީގެ މި ނިންމުމާއި އެކު އެ މީހުންގެ މައްޗަށްވެސް ދެން ދައުވާއެއް ނުކުރާނެއެވެ.

ޕީޖީން ނެރުނު ބަޔާނެއްގައި ބުނީ 21 ޖޫން 2022 ދުވަހު، ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ދައުވާތައް މުރާޖަޢާކޮށްދެއްވުން އެދި، ދައުވާލިބޭ ފަރާތްތަކުން އެ އޮފީހަށް ހުށަހަޅާފައިވާކަމަށެވެ. 

" މި މައްސަލާގައި ކޮށްފައިވާ ދައުވާތައް މުރާޖަޢާކުރުމަށްފަހު، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ގަރީނާ ލިބިފައިވާ މީހުން ފިޔަވައި، އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަށް އިތުރަށް ކުރިއަށް ނުގެންދިއުމަށާއި، މި މައްސަލާގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް މި އޮފީހުން ވާނީ ނިންމާފައި." ޕީޖީން ނެރުނު ބަޔާނުގައިވެއެވެ.

ދައުވާތަށް މުރާޖަޢާކުރުމުގައި، މި ކުށުގެ އަމަލު ހިނގައިދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާމެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިންކަމަށްވުމާއި، މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި، ދައުވާލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި، ދައުވާލިބޭ ފަރާތްތަކުން މުޖުތަމަޢުގައި އަދާކުރާ ދައުރަށް ރިއާޔަތްކޮށްފައިވާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ. 

މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށްދާނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ގަރީނާ ލިބިފައިވާ މީހުން މައްޗަށް ކޮށްފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސުދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާތައްކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް