ހައިކޯޓުގައި މިއަދު މެންދުރު ފަހަށް ތާވަލުކޮށްފައި އޮތް މި މައްސަލަ ކެންސަލްވީ ސަބަބެއް ހައިކޯޓުން ނުބުނެއެވެ. އެންމެ ފަހުން ބާއްވަން އުޅުނު މައްސަލަވެސް އޮތީ ކެންސަލް ވެފައެވެ.
ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި އައްމަޓީގެ މައްޗަށް ކުރި ޚިޔާނާތުގެ އެއްވެސް ދައުވާއެއް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މިދިޔަ މަހު އޮތީ ހައިކޯޓުގައި ފަށައިފައެވެ. ހައިކޯޓުގައި އަޑު އެހުން ފެށި ދުވަހުވެސް ތިން ގަޑިއިރަށްވުރެ ގިނައިރުވީ އަޑު އެހުމެއް ބޭއްވިއެވެ.
ހައިކޯޓުގައި މި މައްސަލަ ބަލަނީ، އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، މުހައްމަދު ޝަނީޒު އަބްދުﷲ އަދި އަބްދުލްމާނިއު ހުސެއިންއެވެ. މައްސަލައިގެ ރިޔާސަތު ފަނޑިޔާރަކީ ޝަނީޒްއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;