
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ނަވީން ވިދާޅުވީ ދިވެހި ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުރާ ކުށްތައް ހުއްޓުވުމަށް ހާއްސަ ޤާނޫނެއް ފާސްކޮށް އަމަލުކުރަން ވަނީ ފަށާފައިކަމަށެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގުކުރައްވާތާ 3 މަސް ފަހުން ކަމަށްވާއިރު، މި ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފާނެ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ. ސީޕީ ވިދާޅުވީ ގާނޫނު ތަންފީޒުވާން ފެށުމުން ފެނިގެންދާނީ ފުލުހުންގެ ނަޒާހަތްތެރިކަން ކަމަށެވެ.
މި ގާނޫނު ތަންފީޒުކުރުމަށް ފުލުހުން އަމަލުކުރާނެ ގޮތުގެ އިޖުރާއަތްތައް މިހާރު އެކުލަވާލަމުންދާ ކަމަށާއި، އިންޓެލިޖެންސް އަދި އެނޫން ގޮތްގޮތުން ހޯދާފައިވާ މައުލޫމާތު ބޭނުންކޮށްގެން ތައްޔާރުވަމުން ދާކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.