ads
އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން ތެރެއިން
ނަޝީދާއިއެކު ކުރިޔަށްދާނެ ގޮތް ބަލަން އެމްޑީޕީ ގައުމީ މަޖިލިސް މިރޭ
އެންމެ ބޮޑު އިދިކޮޅު ޕާޓީން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.
Advertisement

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ މި ބާއްވަނީ އެމްޑީޕީ ދޫކޮށްދިޔަ އެޕާޓީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އަލުން އެ ޕާޓީއާ ގުޅެން ނިންމާ އެކަން އިއުލާންކޮށްފައިވަނިކޮށެވެ. 

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހިމް ވަހީދު މީޑިއާގައި ވިދާޅުވީ މިރޭ ބާއްވާ ގައުމީ  މަޖލީހުގެ ޖަލްސާއަކީ ނުރަސްމީ ޖަލްސާއެއް ކަމަށެވެ. އަދި މިރޭގެ ޖަލްސާ ބާއްވަނީ އެޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނު އުފެއްދެވި ޑިމޮކްރެޓްސް މެމްބަރުން އެޕާޓީއާ އަލުން ގުޅެން ނިންމާފައިވާތީ އެ މީހުންނާއެކު މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ހޯދުން ކަމަށެވެ.

ނަޝީދު އާއި އީވާގެ އިތުރުން ޑިމޮކްރެޓްސްގައި ތިބި މެމްބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމީ އިއްޔެ ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީ ބާއްވާ ގަރާރެއް ފާސްކުރުމަށްފަހުއެވެ. އެ ގަރާރު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި 44 މެންބަރުންގެ ތެރެއިން 35 މެންބަރުންގެ ވޯޓުންނެވެ. 

އެމްޑީޕީގެ މިދިޔަ ވެރިކަމުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ރައީސް ނަޝީދާ އުފެދުނު ހިޔާލު ތަފާތުވުން ބޮޑުވެ ރައީސް ނަޝީދަށް ތާއިދުކުރާ މެމްބަރުން އެމްޑީން ވަކިވިއެވެ. 

އަދި ރައީސް ނަޝީދު އިސްވެ ހުންނަވާ ދަ ޑިމޮކްރެޓްސް ޕާޓީ  އުފައްދާ އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް ބޮޑެތި ތުހުމުތުތަކެއްވެސް އެމްޑީޕީގެ އިސްވެރިންގެ ބޮލުގައި އެޅުވުމަށްފަހު ރިޔާސީ އިންތިހާބުގައި އިދިކޮޅަށް މަސައްކަތް ކުރިއެވެ. 

ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ނިންމާފައި މިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމިކަން އިއުލާންކުރެއްވުމަށްފަހުއެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައިވަނިކޮށެވެ .

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް