ads
މިނިސްޓަރު މުއްތަލިބް ފެން ތާނގީ ހުޅުވާދެއްވަނީ
ރާއްޖޭގައި ބެހެއްޓި އެންމެ ބޮޑު ފެން ތާނގީ ބޭނުންކުރަން ފަށައިފި
މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހުޅުމާލޭގައި ޤާއިމްކުރި 10،000 ޓަނުގެ ފެން ތާންގީ ބޭނުން ކުރަން ފަށައިފިއެވެ.
Advertisement

ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ތާނގީ ބޭނުންކުރަން ފައްޓަވާ ދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބާއި އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލްމަތީން މުހައްމަދުއެވެ.

34.7 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އެމްޑަބްލިއުއެސްސީން ޤާއިމްކުރި 10،000 ޓަނުގެ ފެން ތާންގީއާއެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު ވަނީ 80 އިންސައްތަ އިތުރުވެގެން ދާނެކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މި ތާނގީ ބޭނުންކުރަން ފެށުމާއެކު މާލެ އާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ ޖުމްލަ މިންވަރު 36،000 ޓަނުން 46،000 ޓަނަށް އިތުތުވެފައިވާކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މި ތާނގީ ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ މި ތާންގިއާއެކު، މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތި ނުވެ ފެން ފޯރުކޮށްދިނުމުގެ ޔަޤީންކަން ލިބިގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފެން އުފައްދާ މިންވަރުވެސް އިތުރުވެގެންދާނެކަމަށް މިނިސްްޓަރު މުއްތަލިބް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް