ads
ސާވިސް ޗާޖު ދޭންޖެހޭނީ ޑޮލަރުން، ރުފިޔާއިން ދިނުމަކީ ކުށެއް: ގާސިމް
ރިސޯޓްތަކުގެ މުވައްފުންނަށް ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައި ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް  ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ލާޒިމްކޮށް، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ސަރުކާރުން ބަދަލުގެނެސް މިދިޔަ ޖެނުއަރީ މަހުން ފެށިގެންވަނީ އަމަލުކުރަން ފަށާފައެވެ. 

އެއާއި އެކު ރާއްޖޭގެ ބައެއް ރިސޯޓްތަކުން ވަނީ މުވައްޒަފުންނަށް ޑޮލަރުން މިހާތަނަށް ދެމުން އައި ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދޭން ނިންމާ އެކަން އާއްމުކޮށް އިއުލާންވެސް ކޮށްފައެވެ. އޭގެތެރޭގައި ރާއްޖޭގައި ރިސޯޓް ހިންގާ އެންމެ ބޮޑެތި ކުންފުނިތައްވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން، ރިސޯޓް އޯނާރު ގާސިމް އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ ވަކި ޕަސެންޓެއް  ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ޖެހުމުން ބައެއް ބޮޑެތި  ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، މިއަންނަ މަހުންފެށިގެން ދިވެހި ފައިސާ އިން ދޭން ނިންމުމަކީ ހައްްޤު ނިންމުމެއް ނޫންކަމަށެވެ.

" ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުން. އެހެންކަމުގައިވާ ނަމަ އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުން. ޑޮލަރުން ނޫންގޮތަށް މުއައްޒަފު މީހާ ސާވިސްޗާޖް ލިބުގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާން ކުރާ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން، ކަމަށް ބެލުމުގެ މައްސަލައަކަށްވުމުގެ ފުރުޞަތު އެބައޮތް." ގާސިމް އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.

ގާސިމް ގާސިމް ވަނީ މީހަކަށް ދޭން ހަވާލުކުރާ އަމާނާތެއް، އެ އޮތް ގޮތަށް އެމީހާއަށް ރައްދުކުރުމަކީ އެ އަމާނާތާއި ހަވާލުވިމީހާގެ މައްޗަށް އޮތް ބޮޑުވެގެންވާ ދީނީ، އަދި ޤާނޫނީ ވާޖިބެއްކަންވެސް ހަނދާންކޮށްދީފިއެވެ. 

އެހެން ކަމުން  ޑޮލަރުން ލިބޭ ސާވިސްޗާޖެއް މުއައްޒަފެއްގެ ނުރުހުމުގައި ދިވެހި ރުފިޔާއިން ލިބިގަތުމަށް ދެކޮޅުހެދުމަށް ފަހު އެ މައްސަލަ ޤާނޫނުގައި ވާ ގޮތުގެ މަތީން ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުން ނަތީޖާ ސާފުވެގެން ދާނެކަމަށް ދެކޭކަމަަށް ގާސިމް ވިދާޅުވިއެވެ. 

" އަޅުގަނޑަކީވެސް އެތަށް ހާސް މުއައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާމީހަކީމެވެ. އަޅުގަނޑުމެންނަށް ވެސް މި ދަތިއެބައޮތެވެ. ނަމަވެސް މިއީ މުއައްޒަފުންގެ ވަރަށް ބޮޑު ހައްޤެއް ކަމުގައިވެފައި، ޤާނޫނުންވެސް އެ ލުއި ރިސޯޓުތަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސްޗާޖު ދިވެހިރުފިޔާ އިން ދިނުމުން މުއައްޒަފުންނަށް އެދެވެނީ މާބޮޑު ގެއްލުމެއް ކަމުގައިވާތީ މި ކަމުގައި އަޅުގަނޑު ދެކޭ ގޮތް ހިއްސާ ކޮށްލީ." ގާސިމް އެކްސްގައި ލިޔުއްވާފައިވެއެވެ.

ބައެއް އެހެން ކުންފުނިތަކުން މިހާލަތާއި ގުޅިގެން މުސާރަވެސް ދިވެހިރުފިޔާ އިން ދޭން ނިންމަން އުޅޭ ކަމުގެ ހަބަރަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މުއައްޒިފުންނާއި އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭން ޖެހޭނީ ޑޮލަރުންކަމަށެވެ. ފައިސާގެ ޖިންސުބަދަލުކޮށް އެހެންފައިސާ އަކުން ދެވޭނީ އެ މުއައްޒަފުމީހާ އެކަމަށް އިއްތިރާޒު އެއް ނެތް ކަމުގައިވާނަމަކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް