ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ފޮޓޯ: ރޮއިޓާސް
އިޒްރޭލް އީރާން ހަނގުރާމަ ތެރެއަށް އެމެރިކާ ވަދެފާނެ ކަމުގެ އަޑުތަކެއް
އިސްރާއީލާއި އީރާނާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި، އީރާނަށް ހަމަލާދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ރުހުން ދިން ނަމަވެސް މި ހަނގުރާމައިގެ ތެރެއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެދެވަޑައިގަތުމާއި މެދު ރަސްމީ ނިންމުމެއް ނިންމާނީ ދެ ހަފްތާ ފަހުން ކަމަށް މީޑިއާ ރިޕޯތްތައް ބުނެފި އެވެ.
Advertisement

އެމެރިކާގެ ރިޔާސީގަނޑުވަރު، ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ، ކެރޮލައިން ލީވިޓް މީޑިއާތަކަށް ބުނީ، އެމެރިކާއިން އެ ހަނގުރާމައިގެ ތެރެއަށް ވަނުމާއި ގުޅޭ ގޮތުން އެގައުމުގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި އިޒްރޭލުން އިރާނަށް ހަމަލާ ދޭން ފެށީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އިރާނު ވަރަށް ކައިރިވެފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް އިރާނުން އެކަން ދޮގު ކުރެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ގޮވާލެއްވީ އިރާނުން އެއްވެސް ޝަރުތަކާ ނުލައި ހަމަލާ ހުއްޓާލުމަށާއި އެމެރިކާއާއިއެކު އެއްބަސް ވުމަކަށް ދިއުމަށެވެ. ރައްދުގައި އީރާނުގެ އެންމެ މަތީ ލީޑަރު ހާމަނާއީ ވިދާޅުވީ އެމެރިކާ އިން އެ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެ ނަމަ، އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ދޭނެ ކަމަށެވެ. އަދި އީރާން އޮތީ އެއްވެސް ގޮތަކަށް އަމާން ދޭ ގޮތަކަށް ނޫން ކަމަށް ހާމަނާއީ ވިދާޅުވި އެވެ.

ހާމަނާއީ ވިދާޅުވީ، ގަދަބަދަވިކަން ދައްކައިގެން އެއްވެސް ބަޔަކަށް އިރާނުގެ ބޯގުދު ނުކުރެވޭނެ ކަމަށެވެ. އެ ގައުމުން އަމާން ވެސް ނުދޭނެ ކަމަށް ހާމަނައީ ވިދާޅުވި އެވެ.

އޭބީސީ ނޫހުން ވާހަކަ ދެއްކި ޖާސޫސީ މަސްދަރަކުން ބުނި ގޮތުގައި ޓްރަމްޕް ބޭނުންފުޅު ވަނީ އީރާނުގެ ބިމުގެ އަޑީގައި ހުރި ފޯޑޯ ނިއުކްލިއާ ޕްލާންޓް ހަލާކުކޮށްލުމަށެވެ. އެއީ ބޯ ކޮންކްރީޓުން ހިޔާކޮށްފައިވާ, އަދި ފަރުބަދައެއްގެ ތެރޭގައި ހުންނަ ތަނެކެވެ.

އެކަމަށް މިހާރުވެސް ތައްޔާރުވަމުން އަންނަ ކަމަށާއި، ދޭން ރާވަފައި ވަނީ ހަމައެކަނި އެންމެ ހަމަލާއެއް ނޫން ކަމަށް އޭބީސީން ނޫހުން ބުނެފައިވެއެވެ. ހަމަލާ ދޭނަމަ, ހަމަލާދޭނީ އެމެރިކާގެ ބީ2 ސެޓްލް ބޮން ގޮއްވާ ބޯޓުތަކަކުންނެވެ. އެ ބޯޓުތަކަކީ އެއްފަހަރާ 30،000 ޕައުންޑު ބޮން އެޅޭ ޒާތުގެ ބޯޓުތަކެކެވެ.

އިޒްރޭލުން އިސްވެ އިރާނަށް، މިދިޔަ ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގައި އިރާނުގެ 630 އަށް ވުރެ ގިނަ މީހުން އިޒްރޭލުން ވަނީ މަރާލައިފަ އެވެ. އަދި 1،300 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް