
މި މަސައްކަތް ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ މާޗް މަހުގެ 10ވަނަ ދުވަހު އެވެ.
މި މަސައްކަތް ނިމުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ސްޓެލްކޯއަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ލިބި ހިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ދެކޭ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.
ހުޅުމާލޭގައި ސްޓެލްކޯއިން ބޭނުންކުރުމަށް ފިއުލް ސްޓޯރޭޖް ޓޭންކް ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދިޔައީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. މިއީ ފެބްރިކޭޓެޑް ޓޭންކްތަކެކެވެ.
އެމްޓީސީސީ އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ޓޭންކްތަކުގައި އިތުރު ފަށަލައެއްލުމުގެ ގޮތުން ކޮންކްރީޓް ޖެހުމުގެ މަސައްކަތާއި ދެ ފިއުލް ޓޭންކް ހަރުކޮށް ފެބްރިކޭޓް ކުރުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. މިއީ 80،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ޓޭންކްތަކެކެވެ.