
ސްޓެލްކޯގެ މުވައްޒަފުން ކަރަންޓާއި ގުޅޭ މަސައްކަތެއް ކުރަނީ
މަރާމާތަކަށް، މިއަދު މާލޭގެ އެކި ހިސާބުން ކަރަންޓް ކެނޑޭނެ
މުހައްމަދު އާދަމް އަހްމަދު
21 ޖޫން 2025 - 07:10:59
މިއަދު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓް ކަނޑަނީ އެ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށްކަމަށެވެ.
އއެގޮތުން މާލެއާއި ހުޅުމާލޭ ބައެއް ސަރަހައްދުތަކުން ކަރަންޓް ދިއުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓް ކެނޑިދާނެ ސަރަހައްދުތައް
- މާލެސިޓީ، ބުރުޒުމަގު އަދި އައިމިނާރަނި ހިނގުން ހިމެނޭ ސަރަހައްދުން ހެނދުނު 10:00 އާއި 12:00 އާ ދެމެދު
- މާލެސިޓީ، ބޮޑުތަކުރުފާނު މަގު، ހަވީރީ ހިނގުން، ލައިނޫފަރު ހިނގުން އަދި މީރުބަހުރު ހިނގުން ހިމެނޭ ސަރަހައްދުން ހެނދުނު 09:00 އާއި 12:00 އާ ދެމެދު.
- މާލެސިޓީ، ގުލޭނޫރަން މަގު، ސިއްކަގޯޅި، އަދި ކަރަންކާމަގު ހިމެނޭ ސަރަހައްދުން މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު.
- މާލެސިޓީ، ހުޅުމާލެ ފުރަތަމަ ފިޔަވަހި، ނިރޮޅުމަގު، ދިއްގާމަގު، ހިރުނދުމަގު އަދި ނިރޮޅު މަގު ގޯޅި 11،12،13 ހިމެނޭ ސަރަހައްދުން ހެނދުނު 10:00 އާއި 11:00 އާ ދެމެދު
ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމުމުން ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް ކުރާނެކަމަށެވެ. އަދި ކަރަންޓުގެ ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް