ads
އިސްރަށްވެއްސަކާއި އެހީތެރިއެއް
ޕެންޝަން ހަރަދު 1.8 ބިލިއަން ރުފިޔާއަށް މައްޗަށް ޖެހިއްޖެ
މިދިޔަ އަހަރު ޕެންޝަނަށް ދައުލަތުން ހަރަދުކުރި ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަމަށް ނެޝަނަލް ސްޓެޓިސްޓިކް ބިއުރޯއިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
Advertisement

މިއީ 2023 ވަނަ އަހަރު ދައުލަތުން ޕެންޝަނަށް ދޫކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7 ޕަސަންޓް އިތުރުވުމެކެވެ.

ނެޝަނަލް ސްޓެޓިސްޓިކް ބިއުރޯއިން ނެރެފައިވާ ހިސާބުތަކުން ދައްކާގޮތުން، މިދިޔަ އަހަރު ރިޓަޔަމަންޓް ޕެންޝަންގެ ގޮތުގައި 165 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރު ދޫކުރި 146 މިލިއަން ރުފިޔާއާ އަޅާބަލާއިރު 13 ޕަސަންޓު އިތުރު އަދަދެކެވެ. ރިޓަޔަމަންޓް ޕެންޝަން ލިބުނު މީހުންގެ ތެރޭގައި އަންހެނުންނަށް 38 މިލިއަން ރުފިޔާ ދީފައިވާއިރު، ފިރިހެނުންނަށް 126 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

އަސާސީ ޕެންޝަންގެ ގޮތުގައި މިދިޔަ އަހަރު 1.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މިއީ ކުރީ އަހަރު ދޫކުރި 1.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 7 ޕަސަންޓު އިތުރުވުމެކެވެ. އަސާސީ ޕެންޝަންގެ ގޮތުގައި މިދިޔަ އަހަރު އަންހެނުންނަށް 638 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ފިރިހެނުންނަށް 635 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މީގެ އިތުރުން ސްޓެޓިސްޓިކް ބިއުރޯގެ ހިސާބުތަކުން ދައްކާގޮތުން އެހެނިހެން ޕެންޝަނަށް މިދިޔަ އަހަރު 364 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް