
އޯއައިސީގައި 57 މެންބަރުން ހިމެނޭއިރު، ރާއްޖެއިން އެ ޖަމުއިއްޔާއާ ގުޅިފައިވަނީ 1976ގަ އެވެ.
އޯއައިސީއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން މިއަހަރުގެ އޭޕްރީލް މަހު، ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަހުމަދު ސަރީރާއި، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން އިބްރާހީމް ތާހާއާއެކުވެސް ވަނީ މަޝްވަރާކޮށްފައި އެވެ.
މި އަހަރުގެ އޯއައިސީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ތަގްރީރުކުރައްވާނެ އެވެ.
މި ދަތުރުފުޅުގައި އޯއައިސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ތެރެއިން އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް އެކަމާ ގުޅޭގޮތުން އޯއައިސީއިން ބާއްވާ ހާއްސަ ބައްދަލުވުމެއްގައިވެސް ހަލީލް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އޯއައިސީއަކީ ދެގޮތެއްނުވެ ފަލަސްޠީނުގެ ހައްޤުގައި އަދި އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯދުމަށް ވަކާލާތުކުރަމުންދާ، 57 މެމްބަރު ގައުމު ހިމެނޭ ޖަމިއްއްޔާއެކެވެ.