އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ވިނަރެސްގެ ނުވަވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި ކަމަށެވެ. އެ އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 07:41 އެހާކަާށްހާ އިރު ކަމަށާއި، މައުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔަ ސްޓޭޝަން އިން ހަރަކާތްތެރިވެ، ގިނަ އިރުތަކެއް ނުވަނީސް ރޯވި އަލިފާން ނިއްވާފައިވާ ކަމަށް އެމްްއެންޑީއެފުން ބުންޏެވެ.
އަލިފާން ރޯވެފައި ވަނީ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ އެނދުގައި އަޅާފައި އޮތް ގޮދަޑިއެއްގަ އެވެ. އަލިފާން ރޯވީ ގޮދަޑީގައި ކަމަށް ބުންޏަސް އަލިފާން ރޯވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.