ads
ބީ-2 ސްޕިރިޓް ސްޓެލްތް ބޮމްބަރު
ނުރައްކާތެރި ހަމަލާތަކެއް ދިނުމަށް، 125 ބޯޓުގައި އެމެރިކާއިން އީރާނަށް 40 ގަޑިއިރު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖޫން 19 ވަނަ ދުވަހު އީރާނަށް ދެ ހަފްތާގެ ސުންގަޑިއެއް ދިން ނަމަވެސް، އޭގެ ދެ ދުވަސް ފަހުން އެމެރިކާގެ އެއާ ފޯސްއަށް އީރާނަށް ހަމަލާދިނުމަށް އަމުރުކުރިއެވެ.
Advertisement

މި ހަމަލާ ދިނުމަށް ބޭނުންކުރީ "ބީ-2 ސްޕިރިޓް ސްޓެލްތް ބޮމްބަރު" ތަކެވެ. މި ބޮމްބަރުތައް، އެމެރިކާގެ މަޒޫރީގައި ހުންނަ ވައިޓްމަން އެއާ ފޯސް ބޭސްއިން ފުރައިގެން ޖުމްލަ 40 ގަޑިއިރު ދަތުރުކޮށްގެން ފޯޑޯ މަރުކަޒަށް ހަމަލާ ދިނެވެ. މި ދަތުރުގައި އެއަރކްރާފްޓްތައް ޓްރާންސް-ޕެސިފިކް މަގުން ދަތުރުކޮށްފައިވާއިރު، "ކޭސީ-135 ސްޓްރެޓޯޓޭންކާ އެއަރކްރާފްޓްތައް މެދުވެރިކޮށް ވައިގެ ދަތުރުތެރޭގައި އޮވެ ތެޔޮ އެޅުމުގެ އިންތިޒާމު ހަމަޖައްސާފައި ވެއެވެ.


your imageއެމެރިކާއިން ހަމަލާދިން ފޯޑޯ ނިއުކްލިއާ މަރުކަޒު

އެމެރިކާއިން ފެށި މި ދިގު މިޝަނަކީ، އީރާނުން އެންމެ ބޮޑަށް ރައްކާތެރިކޮށްފައިވާ ނިއުކުލިއާ ފެސިލިޓާއާއި ދިމާލަށް ހަމަލާތައް ދެވިދާނެ ކަމަށް ލަފާކޮށް ފެށި ދަތުރެކެވެ. އެމެރިކާއިން ހަމަލާދިން ފެސިލީޓައކީ އީރާނުން ގޮމް ކައިރީގައި ހުންނަ ފަރުބަދައެއްގެ 300 ފޫޓް (91 މީޓަރު) އަޑީގައި ބިނާކޮށްފައިވާ ތަނެކެވެ. 

މިއީ އީރާނުގެ އެންމެ ބޮޑަށް ރައްކާތެރިކޮށްފައިވާ ނިއުކްލިއާ މަރުކަޒެވެ. ވަރަށް އަޑިއަށް ކޮނެފައިވާ ސަރަހައްދެއްގައި ބިނާކޮށްފައިވާ މި މަރުކަޒުގައި ކޮންކްރީޓް ފަށަލަތައް އަޅާފައި ވެއެވެ. އާއްމު ހަމަލާތަކުން ހަލާކުނުވާނެ ގޮތަށް ޑިޒައިންކޮށްފައިވާ މި ތަނަށް ހަމަލާދިނުމަށް "ޖީބީޔޫ-57 އެމްއޯޕީ" ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބެލެވެއެވެ. މި ބޮންތަކަކީ 200 ފޫޓް (61 މީޓަރު) ފުންމިނަށް ބިންގަޑު ތޮރުފާލައިގެން ހަމަލާ ދިނުމުގެ ގާބިލކަން ހުރި ބޮޑެތި ބޮންތަކެކެވެ.

your imageޖީބީޔޫ-57 އެމްއޯޕީ

އެމެރިކާއިން ހަމަލާދިން މިފަދަ ބޮޑެތި ހަތިޔާރުތަކަކީ، އެމެރިކާގެ ހަނގުރާމަވެރި ބާރުގެ ބާރުގަދަކަން ދައްކުވައިދޭންކުރިކަމެއްކަމަށް ހަނގުރާމައިގެ މާހިރުން ބުނެއެވެ. 

މި ހަތިޔާރުތަކަކީ ތަންތަން ވަރުގަދަކޮށް ރައްކާތެރިކުރިޔަސް ހަމަލާދެވޭނެގޮތަށް ހަދާފައިވާ ހަތިޔާރުތަކެކެވެ. ނަމަވެސް، ކޮންމެ "ބީ-2 ބޮމްބަރެއްގެ" އަގު 2 ބިލިއަން ޑޮލަރަށްވުރެ ބޮޑުވާއިރު، މިފަފަދަ ހަމަލާއެއް ދިނުމަށްވެސް ވަރަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. 

your imageގިންގަރާހަށް ހަމަލާދިނުމަށް ހާއްސަކޮށްފައިވާ އެމެރިކާގެ ބޮމެއް 

  • އޮޕަރޭޝަންގެ ނަން: އެމެރިކާގެ ހަމަލާއަށް ކިޔަނީ "އޮޕަރޭޝަން މިޑްނައިޓް ހެމާ".
  •  މިއީ ބީ-2 ބޮމްބަރުން ބޭނުންކޮށްގެން މިހާތަނަށް ދިން އެންމެ ބޮޑު ހަމަލާ.
  • ބައިވެރިކުރި އެއަރކްރާފްޓް: ޖުމްލަ 125 އެއާކްރާފްޓް މި އޮޕަރޭޝަންގައި ބައިވެރިކޮށްފައިވޭ. މީގެ ތެރޭގައި 7 ބީ-2 ސްޕިރިޓް ސްޓެލްތް ބޮމްބަރުން ހިމެނެ. 
  • މި ބޮމްބަރުތައް ފުރީ މިޒޫރީގައި ހުންނަ ވައިޓްމަން އެއާ ފޯސް ބޭސްއި. 
  • އިތުރު ބީ-2 ބޮމްބަރުތައް ޕެސިފިކް މަގުން ފޮނުވީ އީރާނާއި އެހެން ގައުމުތަކަށް އޮޅުވާލަން. 
  • ބޭނުންކުރި ހަތިޔާރު: ބީ-2 ބޮމްބަރުތަކުން ފޯޑޯ އަދި ނަތަންޒް ސައިޓްތަކަށް 14 މެސިވް އޯޑިނަންސް ޕެނެޓްރޭޓަ (އެމްއޯޕީ) ބޮން ވައްޓާލާފައިވޭ. މިއީ އެމްއޯޕީ ބޭނުންކުރި ފުރަތަމަ ފަހަރު. މި ބޮންގެ ދިގުމިނަކީ 20 ފޫޓް، ބަރުދަނަކީ 30,000 ޕައުންޑް (13,600 ކިލޯގްރާމް) އަދި 200 ފޫޓް ފުންމިނަށް ތޮރުފާލާ ބޮންތަކެއް. 
  • އަމާޒުކުރި ނިއުކްލިއާ މަރުކަޒުތައް: އެމެރިކާއިން އަމާޒުކުރީ އީރާނުގެ 3 ނިއުކްލިއާ މަރުކަޒަށް: ފޯޑޯ، ނަތަންޒް އަދި އިސްފަހާން. ނަމަވެސް ހަމަލާ ދިންކަމަށް ބުނާ ފޯޑޯއަކީ ގޮމް ސިޓީއާ ކައިރި ފަރުބަދައެއްގެ 300 ފޫޓް އަޑީގައި ބިނާކޮށްފައިވާ މަރުކަޒެއް. 2006 ގައި މި މަރުކަޒު އިމާރާތްކުރަން ފަށާ 2009 ގައި ހުޅުވާފައިވޭ. 80 މީޓަރު (260 ފޫޓް) ބިމުއަޑީގައި ބިނާކޮށްފައިވާ މި މަރުކަޒު އީރާނާއި ރަޝިއާގެ މިސައިލް ސިސްޓަމްތަކުން ރައްކާތެރިކޮށްފައިވޭ.
  • ދަތުރުގެ ތަފްސީލް: ބީ-2 ސްޕިރިޓް ސްޓެލްތް ބޮމްބަރުން 40 ގަޑިއިރުގެ ދަތުރެއް ކޮށްފައިވޭ. އެމެރިކާގެ އެއާ ފޯސްގައި އޮތީ މިފަދަ ބޮން އެޅުމުގެ ގާބިލުކަން ލިބިފައިވާ 20 އެއާކްރާފްޓް. 
  • ކޮންމެ އެއަރކްރާފްޓެއްގެ އަގަކީ 2.1 ބިލިއަން ޑޮލަރު. 
  • ކޮންމެ ބޮމްބަރަކަށް 18 ޓަނުގެ ބޮންތައް އުފުލޭނެ. 
  • އެމެރިކާއިން ފުރި 125 އެއަރކްރާފްޓްގެ ތެރޭގައި ހިމެނެނީ ކޭސީ-46 ޕެގަސަސް އަދި ކޭސީ-135 ސްޓްރެޓޯޓޭންކާ އެއަރކްރާފްޓް. އެއަރކްރާފްޓްތަކަށް ވައިގައި ތެޔޮ އެޅުމުގެ މަސައްކަތް މި ޓޭންކަރުތަކުން ކުރި.
  • ހަމަލާ ދިނުން: ބޮންތަކުގެ އިތުރަށް، ސަބްމެރިންއަކުން 30 ޓޮމަހޯކް ކްރޫޒް މިސައިލް އިސްފަހާން މަރުކަޒަށް އަމާޒުކޮށްފައިވޭ. 450 ކިލޯމީޓަރު ދުރުން މި މިސައިލްތައް ދޫކޮށްފައިވެއެވެ. މި މިސައިލްތަކަށް 2,500 ކިލޯމީޓަރު ދުރަށް ދެވޭނެ. 
  • ސްޓްރެޓެޖީ: ފޯޑޯ މަރުކަޒަކީ ފަރުބަދައެއްގެ 300 ފޫޓް އަޑީގައި ކޮންކްރީޓް ފަށަލައިން ބަންޑުކޮށްފައިވާ މަރުކަޒެ. މިފަދަ މަރުކަޒަކަށް ހަމަލާދެވޭނެ "ބަންކަރ ބަސްޓާ" ހަތިޔާރު ހުރީ ހަމައެކަނި އެމެރިކާގަ. މިފަދަ ބޮންތައް އުފުލޭނީ ހަމައެކަނި ބީ-2 ސްޕިރިޓް ސްޓެލްތް ބޮމްބަރުން.
  • ސިޔާސީ ހާލަތް: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ބުނިގޮތުގައި މި ހަމަލާގެ މަގްސަދަކީ އީރާނުން ނިއުކްލިއާ ބޮމް އުފެއްދުން ހުއްޓުވުން. އޭނާ ބުނީ އީރާން ބޮމް އުފެއްދުމަށް ވަރަށް ގާތުގައި އޮއްވައި އެކަން ހުއްޓުވިކަމަށް. މި ހަމަލާގެ މަގްސަދަކީ އީރާންގެ ވެރިކަން ބަދަލުކުރުމެއް ނޫންކަމަށް އެމެރިކާއިން ބުނޭ.
30%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް