ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް ނަޝީދު އެމްޑީޕީގެ ޖަލްސާގައި
ރައީސް ނަޝީދަށް އެމްޑިޕީން ފިނި މަރުހަބާއެއް
ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެ ޕާޓީން ފިނި މަރުހަބާއެއް ކިޔައިފިއެވެ.
Advertisement

ސަލްޓަން ޕާކުގައި މިރޭ އޮތް ޖަލްސާގައި ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅުނު ޖަލްސާއަށް މާގިނަ ބަޔަކު ނުދެއެވެ. މިރޭގެ ޖަލްސާއަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްވެސް ވަޑައިނުގަންނަވައެވެ. ރައީސް ސޯލިހާއި ހިޔާލު ތަފާތުވެ، ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވާފައިވެ އެވެ. އެމްޑީޕީގެ ވެރިކަމުގެ ތެރޭގައި ދެ ބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ޕާޓީއާ ވަކިވެވަޑައިގެން ނަޝީދު ވަނީ އެމްޑީޕީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާފަ އެވެ.

އިބޫ މިރޭގެ ޖަލްސާއަށް ވަޑައިނުގެންނެވި ނަމަވެސް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް މި ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވިއެވެ. 

އެމްޑީޕީން، ރައީސް ނަޝީދަށް ފިނި މަރުހަބާއެއް ކީއިރު، މިރޭގެ ޖަލްސާގައި މާ ބޮޑު ފޯރިއެއްވެސް ނެތެވެ. ޖަލްސާގައި ވާހަކަ ދެއްކީވެސް އަބްދުﷲ ޝާހިދުއާ، ފައްޔާޒް އަދި ނަޝީދު އެކަންޏެވެ. އެއްވެސް ބޭފުޅެއްގެ ވާހަކައިގައިވެސް، އެ ބޭފުޅުންގެ އާއްމު ސްޕީޗުތަކުގައި ހުންނަ ކަހަލަ ފޯރިއެއް ޖޯޝެއްވެސް ނެތެވެ. 

ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވިއިރު، ޑިމޮކްރެޓްސް ޕާޓީއަށް އެމަނިކުފާނު ސޮއިކުރެއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ދެއްވި އެވެ. އެ ޖަލްސާގައި އެމަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައި ވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލައްވާނެ ކަމަށެވެ. 

"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް. ތި ޕާޓީ އަޅުގަނޑު އިރާދަކުރެއްވިއްޔާ ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތިޔަ ކެޔޮގަނޑުގެ ފޫވައް ވެއްޓިއްޖެ. ތިޔަ ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ޖުލައި 13، 2023 ގައި ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރެއްވުމަށްފަހު ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ދަ ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރުމަށްފަހު އެވެ. އެ ގަރާރުގައި އެމްޑީޕީއާ މެންބަރުން ގުޅެން އިގުރާރުވާ ސަބަބުތަކުގެ ތެރޭގައި އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި، ރާއްޖޭގެ ކުރިމަގު ރަގަޅު ކުރުން ހިމެނެ އެވެ.

މިރޭ ސަލްޓަން ޕާކުގައި ކުރިއަށްދާ އެމްޑީޕީގެ ހާއްސަ ޖަލްސާގައި ނަޝީދު އެމްޑީޕީއަށް އަލުން ސޮއިކުރެއްވީ، އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެންނެވިތާ ދެ އަހަރާއި ދެ ދުވަސް ފަހުންނެވެ. ރިޔާސީ ޕްރައިމަރީއަށް ފަހު އެމްޑީޕީގެ ތެރޭގައި އުފެދުނު ބައިބައިވުމުގެ ތެރެއިން ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ޖޫން 21، 2023 ގަ އެވެ.

ނަޝީދަކީ އެމްޑީޕީ އުފައްދަން 2003 ވަނަ އަހަރު ސަރުކާރަށް ޕެޓިޝަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެކަކެވެ. ނަޝީދަކީ އެ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޓިކެޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅާ އެވެ.

ސަލްޓަން ޕާކުގައި، މާ ގިނަ ބަޔަކު ހާޒިރުނުވާ މި ޖަލްސާ ނިންމާލީ ބޮނޑިބަތުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް