ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިނިވަން ދުވަސް ފާހަގަ ކުރަން ބޭއްވި ކުޅިވަރުތަކެއްގައި ދަރިވަރުންތަކެއް ގައުމީ ދިދައާއެކު---ފޮޓޯ ރައީސް އޮފީސް
މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވެސް ބަންދު
މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.
Advertisement

މި އަހަރު މިނިވަން ދުވަސް ދިމާވަނީ ހުކުރު ދުވަހަކާއެވެ. 

ރައއީސް އޮފީހުން ބުނީ މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ޖުލައިމަހުގެ 28 ވެސް ސަރުކާރުން ބަންދުކުރަން ރައީސް ނިންމަވާފައިވާކަމަށެވެ. މިގޮތަށް ނިންމީ މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީކަމަށެވެ. 

މީގެއިތުރުން މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕުރޮގުރާމުގައިވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. 

މި އަހަރު ފާހަގަކުރާނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހެވެ. މި ދުވަސް ފާހަގަކުރަން ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއިބެހޭ މިނިސްޓްރީން ބުނެެއެވެ. 

އެގޮތުން މިއަހަރުވެސް މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ކުޅިވަރު ހަރަކާތާއި ޤައުމީ ދިފާއީ ބާރުގެ އަސްކަރީ ހިނގާލުމުގެ އިތުރުން ފުޅަނދުބުރެއްވެސް އޮންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

މި އަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމުގައިވާތީ މި އަހަރު އާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާ ކުރަންވެސް މިނިސްޓްރީން ހުޅުވާލިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް