
މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓުން 06 މީހުން ދަތުރުކުރިއެވެ. އޭގެތެރޭގައި ހިމެނެނީ 2 ސިފައިންނާއި، 1 އާންމު ފަރާތް އަދި 3 ބިދޭސީންކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރިކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އއުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު ވަނީ ފެނިފައިކަމަށް އެމްއެންޑީ އެފުން ބުނެއެވެ. ވޮރަންޓް އޮފިސަރ 2 އަލީ ހާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމުގައި، އެ ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.