
ބަންގި އާއި ގަމަތާއި ދެމެދު އޮންނަ ވަގުތު ދިގުކުރަން އަންގައިފި
މުހައްމަދު އާދަމް އަހްމަދު
25 ޖޫން 2025 - 15:25:26
ބަންގި އާއި ގަމަތާ ދެމެދު ހޭދަ ކުރާ ވަގުތު ކުރިއަށް ވުރެ ދިގުކޮށްލުމަށް، ރަށު ކަައުންސިލްތަކަށް
އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، އެގޮތަށް ނިންމީ، މާލެ އާއި ރަށްރަށުގެ މިސްކިތްތަކުގައި ބަންގި އާއި ގަމަތާ ދެމެދު ހޭދަ ކުރާ ވަގުތު އެއްމިނެއްގައި ހިފެހެއްޓުމަށް ކަމަށެވެ.
ބަދަލުކުރަން އެންގިގޮތް
- ފަތިސް ނަމާދު، 15 މިނިޓް (ކުރިން ދެނީ 10 މިިނިޓް)
- މެންދުރު ނަމާދު، 12 މިނިޓް (ކުރިން ދެނީ 10 މިނިޓް)
- އަސްރު ނަމާދު، 12 މިނިޓް (ކުރިން ދެނީ 10 މިނިޓް)
- މަގްރިބް ނަމާދު، 8 މިނިޓް (ކުރިން ދެނީ 7 މިނިޓް)
- އިޝާ ނަމާދު، 10 މިނިޓް (ކުރިން ދެނީ 7 މިނިޓް)
އަންނަ 1 އޮގަސްޓުން ފެށިގެން ހުރިހާ ނަމާދެއްގައި ވަގުތު މި ގޮތަށް ދިގުކުރުމަށް ކައުންސިލުތަކަށް ވަނީ އަންގާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް