ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިނިވަންކަމަށް 60 އަހަރު ފުރުމާއި ގުޅިގެން ހެދި ލޯގޯ
މިނިވަން 60ގެ ލޯގޯ ދައްކާލައިފި
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާއި ގުޅިގެން ބޭނުންކުރާނެ ލޯގޯ ދައްކާލައިފިއެވެ.
Advertisement

މި އަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމުގައިވާތީ މި އަހަރު އާންމުކޮށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާ ކުރަން މިނިސްޓްރީން ހުޅުވާލިއެވެ.

މިގޮތުން ހުޅުވާލި ފުރުސަތުގައި 30 ލޯގޯއެއް ހުށައެޅިކަމަށް  ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ  މިނިސްޓްރީން ބުނެއެވެ. އަދި މި ލޯގޯތަކުން އެންމެ ކަމުދާ ލޯގޯއެއް ހޮވުމަށް 3 ދުވަހުގެ މުއްދަތެއް ނެގިކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

އެއްވަނައަށް ދިޔަ ލޯގޯ ކުރަހާފައިވަނީ ހދ. ނޭކުރެންދޫ ވާރޭ ވިލާ،  ފަރުހާދު އިބްރާހީމްއެވެ.   

މިނިވަން 60 ކުރަހާ ލޯގޯތަކުގެ ތެރެއިން އެއްވަނައަށް އަންނަ ފަރާތަކަށް 30 ހާސް ރުފިޔާގެ އިނާމެއް ދިނުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. 

މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިއަހަރުވެސް މިނިވަން ދުވަހާއި ގުޅިގެން ބާއްވާ ކުޅިވަރު ހަރަކާތާއި ޤައުމީ ދިފާއީ ބާރުގެ އަސްކަރީ ހިނގާލުމުގެ އިތުރުން ފުޅަނދުބުރެއްވެސް އޮންނާނެކަމަށް މިނިސްޓްރީން ބުނެއެވެ. 

މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމާއި އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީވެސް ރާއްޖޭގެ މިނިވަންދުވަހާއި ގުޅުވާ ރާއްޖެއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް