
އެނގިފައިވާ ގޮތުން ޑިސަނަޔަކެގެ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަހަރު ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަންދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. އަދި މި ދަތުރުފުޅަކީ ރާއްޖޭގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ލަންކާގެ ނޫސްތަކުން ބުނާގޮތުން އެގައުމު ރައީސް ޑިސަނަޔަކެ ރާއްޖެ އަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ފަހުކޮޅު އެވެ. އަދި މަި ދަތުރުފުޅުގެ އިންތިޒާމުތައް މިހާރު ހަމަޖައްސަމުން އަންނަކަމަށްވެސް ލަންކާ ނޫސްތަކުން ބުނެއެވެ،
މިއީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ މިދިޔަ އަހަރު ރައީސްކަމަށް ވަޑައިގެންނެވުމަށް ފަހު، ޑިސަނަޔަކެ ބޭރު ގައުމަކަށް ކުރައްވާ ހަ ވަނަ ފުރަމާނަ ދަތުރުފުޅެވެ.
ލަންކާގެ ރައީސް އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ރާއްޖޭގެ މިނިވަންދުވަހާއި ދިމާކޮށް ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެނގިފައިވާ ގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނީ އަންނަމަހުގެ 25 ވަނދުވަހުއެވެ. މޯދީގެ މި ދަތުރުފުޅުގައި، އިންޑީއާގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިންމުން ފާހަގަކުރަން ވަނީ ހަމަޖެހިފައެވެ. އެނގިފައިވާ ގޮތުން މޯދީގެ ދަތުރުފުުގައި ހަނިމާދޫ އެއާޕޯޓް ރަސްމީކޮށް ހުޅުވުން ވަނީ ހަމަޖެހިފައެވެ.