ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
36 އެއާލައިން އަކާއެކު 45 ފަރާތަކަށް އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ދިނުން - ފޮޓޯ: އެމްއޭސީއެލް
އާ ޓާމިނަލާ ގުޅޭ ގޮތުން 36 އެއާލައިނަކާއެކު 45 ފަރާތަކަށް މައުލޫމާތު ދީފި
ތިރީސް ހަ އެއާލައިނަކާއެކު 45 ފަރާތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްއާ ގުޅޭ ހާއްސަ ޓުއާތަކެއް ކުރިއަށް ގެންގޮސްފި އެވެ.
Advertisement

އެމްއޭސީއެލް އިން ބުނީ މި ޓުއާތަކަކީ އާ ޓާމިނަލްގެ ފެސިލިޓީތަކާއި އޮޕަރޭޝަންތަކަށް އެއާލައިންތަކުގެ މުވައްޒަފުން އަހުލުވެރިކޮށް، އެއްވެސް ބުރޫ އެރުމެއް ނެތި ހިދުމަތް ދިނުމަށް ކުރިއަށް ގެންދާ ޓުއާތަކެއް ކަމަށާއި މިއީ އާ ޓާމިނަލް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސްގެ ތެރެއިން، ކޮންމެހެން ކުރިއަށްގެންދަންޖެހޭ ޓުއާތަކެއް ކަމަށެވެ.

އަންނަ ޖުލައި 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ އާ ޓާމިނަލް ބޭނުންކުރާ ފަސިންޖަރުންނަށް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ވަސީލަތްތައް ޓާމިނަލުގައި ވަނީ ގާއިމްކޮށްފަ އެވެ. 

މީގެ ތެރޭގައި ސެލްފް ސާވިސް ހަ ކިއޮސްކް އާ ޓާމިނަލްގައި ގާއިމުކޮށްފައި ހުންނާނެއެވެ.

މި ކިއޮސްކް ތަކަކީ އެއާޕޯޓާއި އެއާލައިންގެ މުވައްޒަފެއްގެ އެހީތެރިކަމަކާއި ނުލައިފްލައިޓަށް ޗެކިންވެ، ބޯޑިން ޕާސް ޕްރިންޓް ކޮށްލެވޭ ކިއޮސްކްތަކެކެވެ. މިކަމުގެ ސަބަބުން ޗެކިން ކައުންޓަރާއި މުޅި ޗެކިން ޕްރޮސެސްގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަ ކުރެވި، ފަސިންޖަރުންނާއި އެއާލައިންތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

your image36 އެއާލައިން އަކާއެކު 45 ފަރާތަކަށް އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ދިނުން - ފޮޓޯ: އެމްއޭސީއެލް

އާ ޓާމިނަލްގެ ބައެއް މައުލޫމާތު:

 - 78،000 އަކަމީޓަރުގެ ޖާގަ.

 - އެވްރެޖުކޮށް ދުވާލަކު 8،000 ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ.

 - ސެލްފް ސާވިސް ޗެކިން ހިދުމަތް.

 - 38 އިމިގްރޭޝަން ކައުންޓަރު.

 - އެއްފަހަރާ ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ސްޕީޑް 20 ޕަސެންޓް އިތުރުވާނެ.

 - އިތުރު 7 ޗެކިން ކައުންޓަރު.

ވީއައިއޭގައި މިހާރު ހުރި ޓަރމިނަލުން ހިދުމަތް ދެވެނީ އަހަރަކު 1.5 މިލިޔަން މީހުންނަށެވެ. ނަމަވެސް ރާއްޖެއަށް އަހަރަކު 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެހެންކަމުން މިހާރު ހުރި ޓަރމިނަލުން ހިދުމަތް ދެމުންގެންދަނީ އޯވާ ކެޕޭސިޓީއެއްގަ އެވެ. މި މައްސަލައަށް ހައްލު ގެނެސްދޭނީ މިހާރު ހުޅުވުމަށް ތައްޔާރުވަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓަާމިނަލެވެ. މި ޓަރމިނަލާއެކު އަހަރަކު 7 މިލިޔަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އާ ޓާމިނަލްގެ ހިދުމަތްތައް ފެށުން ވާނީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ. އެކަން ކުރަން އެމްއޭސީއެލްގެ މުވައްޒަފުން އަންނަނީ ދުވާލަކު 15 ވަރަކަށް ގަޑިއިރު މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް