ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް އުފައްދަވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް އުފައްދަވައިފިއެވެ.
Advertisement

މި އެމްބަސީއަކީ ފޮރިން މިނިސްޓްރީގެ ދަށުން ހިނގާނެ އިދާރާއެއްގެ ގޮތުގައި ހަމަޖެއްސެވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން ރާއްޖޭގެ އެމްބަސީއެއް ގަތަރުގައި އުފައްދަވާފައިވަނީ ރާއްޖެއާއި ގަތަރާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި ތަޢުލީމީ، ސިޔާސީ، އިގްތިސާދީ އަދި އަސްކަރީ ގުޅުންތައް ކުރިއެރުވުމަށްކަމަށް ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ގަތަރުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހަމަޖެއްސެވި މަސައްކަތްތައް ބަޔާންކޮށްފައިވާކަމަށާއި އަދި މި އިދާރާއަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންވެސް ބަޔާންކޮށްފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް