ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކްރިއޭޓިވް ނެޓްވޯކުން ތައްޔާރު ކުރާ ފުރަތަމަ ފީޗާ ފިލްމު، ލިލީ
ލިލީގެ ފުރަތަމަ ޓީޒާ ބެެލުންތެރިންނަށް ދޫކޮށްލައިފި
ކްރިއޭޓިވް ނެޓްވޯކުގެ އަލަތު ފީޗާ ފިލްމު "ލިލީ"ގެ ފުރަތަމަ ޓީޒާ ބެެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
Advertisement

މިއީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އެ ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ޅ. ހިންނަވަރުގަ އާއި ލ. އަތޮޅުގެ އެކި ސަރަހައްދުތަކުގަ އެވެ.

ކްރިއޭޓިވް ނެޓްވޯކުން ބުނީ ލިލީ އަކީ ތުރިލާ ކްރައިމް ޖޯންރާގެ ފިލްމެއް ކަމަށެވެ. އެ ފިލްމުގައި ކުށުގެ ވެށިން މުޖުތަމައުގައި އުފެދޭ ގިނަ މައްސަލަތަކަކަށް އަލި އަޅުވާލާފައިވާނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސްއިން ބުންޏެވެ.

ފިލްމުގެ މުހިއްމު ރޯލުތަކުން ފެންނާނީ ޒުވާން ފަންނާނުން ކަމަށްވާ އައިޝާ އަލީ އާއި މަރިޔަމް ޝިމާގެ އިތުރުން މުހައްމަދު އިޝްފާނާއި އަހުމަދު ޝާރިފެވެ. އޭގެއިތުރުން ފިލްމުގެ މުހިންމު އެހެން ރޯލްތަކުން އަހުމަދު ނިމާލް އާއި މަރިޔަމް ހަލީމް އާއި އައިޝަތު އާރިފާ އަދި އަލީ ފާރޫގު އާއި މުހައްމަދު ވަހީދު ވެސް ފެނިގެންދާނެ ކަމަށް ކްރިއޭޓިވް ނެޓްވޯކުން ބުންޏެވެ.  

ދިވެހި ޕްރޮޑިއުސަރު އަޒްހާން އިބްރާހީމްގެ ފީޗާ ފިލްމު އޮލިމްޕަހުގައި ލިލީ އަޅުވާނެ ތާރީހަކާއި އެ ފިލްމުގެ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުން ދާނެ ކަމަށް ކްރިއޭޓިވް ނެޓްވޯކުން ބުންޏެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް