ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މާލޭ ޖަލު
ޑްރަގު މައްސަލައެއްގައި ދިވެހި ޒުވާނަކު އުމުރަށް ޖަލަށް
މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި ޒުވާން ފިރިހެނަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާން އާދިއްތަ ދުވަހު ހުކުމް ކުރީ، ގ. ވަޑިނޮޅުގެ މުހައްމަދު ޝިހާމް ރަޝީދުގެ މައްޗަށެވެ. މިއީ، 2022 ވަނަ އަހަރުގެ ތެރޭގައި ޝިހާމް، ކެނެބިސް ޓްރެފިކް ކުރުމާ ގުޅިގެން ދައުލަތުން އުފުލި ދައުވާއެކެވެ.

މި މައްސަލައާއި ގުޅިގެން ޝިހާމް ތިން އަހަރާއި ފަސް މަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި ހުރުމުން، އެ މުއްދަތުވަނީ ޝިހާމްގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމުން އުނިކޮށްފައެވެ. އުމުރު ދުވަހުގެ ޖަލު ހުކުމް ކަމުގައި ރާއްޖޭން ބަލަނީ 25 އަހަރެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގަޒީ އަލީ އާދަމް އިއްވި ހުކުމުގައި ބުނެފައިވަނީ ޝިހާމްގެ އުމުރުގެ ޖަލު ހުކުމުން، ތިން އަހަރާއި ފަސް މަހާއި 15 ދުވަސް އުނި ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ޝިހާމް ދެން ޖަލުގައި ހުންނަން ޖެހޭނީ، 21 އަހަރާއި ހަ މަހާއި 15 ދުވަހުއެވެ. ޖަލު ހުކުމުގެ އިތުރުން 100،000 ރުފިޔާގެ ޖޫރިމަނާއެއްވެސް މި ހުކުމާއެކު ކުރިއެވެ. އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް ޝިހާމްގެ މައްޗަށްވަނީ ހުކުމް ކޮށްފައެވެ.

މި މައްސަލައިގެ ޝަރިއަތުގައި ޝިހާމްވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތަށް އިންކާރުކޮށްފައެވެ. އެހެންކަމުން މައްސަލަ ސާބިތުކޮށްފައިވަނީ ޝަރިއަތަށް ހުށަހެޅުނު ހެއްކާއި ގަރީނާގެ އަލީގައެވެ.

ރިކޯޑްތަކުން ދައްކާ ގޮތުގައި ޝިހާމްއަކީ މާރާމާރީއެއްގެ މައްސަލައެއްގައި ކުރިން ހައްޔަރު ކުރި މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް