ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ގއ އަތޮޅު ހޮސްޕިޓަލުގެ ނަރުހުން ކޮވިޑްގެ ސާމްޕަލް ނެގުމުގެ މަސައްކަތުގައި ފައިލް ފޮޓޯ: ގއ އަތޮޅު ހޮސްޕިޓަލު ފޭސްބުކްޕޭޖް
ސިއްހީ އަދި ތައުލީމީ ދާއިރާގެ އޯޓީ ދޭން ހުށަހެޅި ގަރާރު ބަލައިގަނެ ކޮމިޓީއަށް
ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ މަސައްކަތަށް ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އަލުން މުރާޖާކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި ގަރާރު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
Advertisement

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި ގަރާރު ބަލައިގަތުމާ މެދު މިއަދު ނެގި ވޯޓުގައި އެ ގަރާރު ބަލައިގަންނަން 47 މެންބަރަކު ވޯޓު ދެއްވި އެވެ. އެހެންވެ ގަރާރު ދިރާސާކުރަން ތަރިކައާ ބެހޭ ކޮމިޓީ އަދި އިޖުތިމާއީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ގަރާރުގައި ބުނެފައިވަނީ ސިއްހީ އަދި ތައުލީމީ ދާއިރާގެ މަސައްކަތްތެރިން އިތުރު އުޖޫރައެއް ނުލިބޭ ގޮތަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރާ ކަމަށެވެ.

އެ ގަރާރުގެ މައިގަނޑު ބޭނުމަކީ:

  • އިތުރު ގަޑީގެ ފައިސާ ނުލިބޭ ގޮތަށް ގިނަ ވަގުތުތަކެއް މަސައްކަތްތަކުގައި ހޭދަކުރަމުން ދިޔުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުން

  • އިތުރު ގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އެންގުމާ މެދު މެންބަރުން ދެކޭ ގޮތް ދެނެގަތުން

ގަރާރުގައި ބުނީ އިތުރު ގަޑީގެ ސީލިންއަށް ވުރެ އިތުރަށް މަސައްކަތް ކުރުވަން ޖެހޭ ނަމަ، އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް އޮތުން މުހިއްމު ކަމަށެވެ. އަދި އިތުރު ގަޑީގެ ފައިސާ ދޭ އުސޫލުތައް ވެސް މުރާޖައާ ކުރަން ޖެހޭ ކަމަށް ގަރާރުގައި ބުންޏެވެ.

މި ގަރާރަށް މަޖިލީހުގައި ބަހުސްކޮށްފައި ވާއިރު، ގިނަ މެމްބަރުން ވަނީ މި ދެ ދާއިރާގެ މުވައްޒަފުންނަށް އިތުރު ވަގުތުގެ ފައިސާ ދިނުމަށް ތާއީދުކޮށް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން، ދިއްދޫ ދާއިރޭގެ މެމްބަރު އަބްދުއްލަތީފް މުހައްދު ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދުވަސްވަރުން ފެށިގެން މި ދެ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ލިބޭ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް ފެންނަނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އަދި ހާއްސަކޮށް ޓީޗަރުން ގޮތުގައި މަސައްކަތް ކުރާ އަދި ސީނިޔާ މެނޭޖްމަންޓުގައި މަސައްކަތް ކުރާ ކުދިން މިހާރު ތައުލީމީ ދާއިރާ ދޫކޮށް ރަށްރަށުގެ ކައުންސިލް، އަތޮޅު ކައުންސިލްތަކުގައި ވަޒީފާ އަދާކުރާ މަންޒަރު،" އަބްދުއްލަތީފް ވިދާޅުވި އެވެ.

މި ގަރާރަށް ބަހުސް ކުރައްވަމުން ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު މިއަދު ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ގަޑީގެ ފައިސާ ނުދިނުމަކީ ގާނުނީ ކުށެއް ކަމަށާއި ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ލިބޭ އުސޫލުން، ހޮނިހިރު ދުވަހު މަސައްކަތް ކުރާނަމަ، ޓީޗަރުންނަށް ވެސް އިތުރު ގަޑީގެ ފައިސާ ލިބެން ޖެހޭނެ ކަމަށެވެ.

"ތައުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތަކަށް ބަލާއިރު އިއްޒަތްތެރި ރައީސް، އިތުރު ގަޑީގެ ފައިސާ ނުލިބުން މިއީ ވަރަށް ބޮޑު މައްސަލައެއް، މިއީ ގާނޫނީ ކުށެއް، ގާނޫނުގައި ބަޔާން ކޮށްފައި ވަނީ އިތުރު ގަޑީގައި މަސައްކަތް ކުރުވާނަމަ މުސާރަ ދޭންޖެހޭނެ ކަމަށް، އެ ނުދީ މަސައްކަތް ކުރުވާނަމަ އެއީ ގާނޫނާ ހިލާފަށް ކުރުވާ ކަމެއް،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޮނިހިރު ދުވަހު ޓީޗަރުން މަސައްކަތަށް ނެރޭނަމަ އެ ދުވަހަށް ކަނޑައެޅިފައިވާ އިތުރު ގަޑީގެ ފައިސާ ދޭންޖެހޭނެ ކަމަށެވެ. އަދި ޓީޗަރުންގެ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކޮންމެ ޓީޗަރަކަށް ގޮނޑި އާއި މޭޒު ފޯރުކޮށްދޭން ޖެހޭނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވެސް ވަނީ، ތައުލީމީ ދާއިރާގައި މުވައްޒަފުން މަދުވުމުގެ ކަންބޮޑުވުން ފާހަގަކުރައްވައިފައެވެ. އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ދެއްވި ޔަގީންކަމާއެކު މި މައްސަލަ ހައްލުވާނެކަމަށް އުންމީދު ކުރައްވައި ކަމަށް އޭނާ ވިދާޅުވި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް