ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައްޔިތުން މަޖިލިހަށް ރިޔާސީ ބަޔާން ހުށައަޅުއްވަނީ
މަޖިލީހަކީ ހަރުދަނާ އުސޫލު ހިފަހައްޓާ ތަނަކަށް ހަދަންޖެހޭ: ރައީސް
ގާނޫނު ހަދާ މަޖިލީހަކީ ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރާ ހަރުދަނާ އުސޫލުތަކެއް ހިފަހައްޓާ ތަނަކަށް ހަދަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ގާނޫނު ހަދާ މަޖިލީހުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ގާނޫނު ހަދާ މަޖިލީހުގެ ދުވަސް ފާހަގަ ކުރާއިރު ޑިމޮކްރަސީ ދެމެހެއްޓުމަށާއި، ހެޔޮވެރިކަމެއް ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު މުހިއްމުކަމަށެވެ. 

އެހެންނަމަވެސް ޤާނޫނު ހަދާ މަޖިލިސްތަކުގައި އަންހެނުންގެ ދައުރު ކުޑަވުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އަދި ޤައުމީ ފެންވަރުގައިވެސް ވަރަށް ބޮޑު މައްސަލައެއްކަމަށެވެ. އެގޮތުން މިންތީގެ ހަމަހަމަކަން ޤާއިމުކޮށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެންމެން ބައިވެރިވާ މާހައުލެއް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ. 

ޤާނޫނު ހަދާ މަޖިލީހަކީ ނަޒާހަތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރާ، ހަރުދަނާ އުސޫލުތަކެއް ހިފަހައްޓާ ތަނަކަށް ހަދަން ރައީސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް