އެ ބޭންޑަަށް ދައުވަތު ލިބިފައިވަނީ ބްރިޓަންސް ގޮޓް ޓެލެންޓުގެ އޮންލައިން އޮޑިޝަންގައި ބައިވެރިވެ، އެ މަރުހަލާ ނިމިގެންނެވެ.
ޓޫ އޮފް އަސްގެ ވޯކަލިސްޓު އަހްމަދު އަދުހަމް ވަނީ ބްރިޓަންސް ގޮޓް ޓެލެންޓުން ފޮނުވި ދައުވަތު އިންސްޓްގްރާމުގައި ޕޯސްޓްކޮށްފައެވެ. އެ ދައުވާއެކު ހިއްސާކުރި ޕޯސްޓުގައި އަދުހަމް ބުނީ މީ ގިނަ ގުރުބާނީތަކަކާއި ހުރަސްތަކަކަށް ފަހު ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ބީޖީޓީގެ އޮޑިޝަންގައި ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވީ ނަމަވެސް، އަދުހަމް ބުނީ އެ ބޭންޑުގެ %100 އެ މުބާރާތަށް ދޭނެ ކަމަށެވެ.
ޓޫ އޮފްއަސްއިން ވަނީ މިއަހަރު އިންޑިއާގެ ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލްގައި ބައިވެރިވެ، އެ މުބާރާތުން ތިން ވަނަ ހޯދާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;