ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)
ފްލެޓު ހަވާލުކުރުން ލަސްވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ކުއްލި މައްސަލައެއްގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ 4،000 ފްލެޓު ހަވާލުކުރުން ލަސްވާ މައްސަލައާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބަހުސްކުރެއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް(ކުޑޫ) މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
Advertisement

މި މައްސަލައިގައި ކުޑޫ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، މިކަމުގައި މިދިޔަ ސަރުކާރުން އެއްވެސް ގޯހެއް ހަދައިފައި ނެތްކަން މިހާރު ސަރުކާރުން ވެސް ގަބޫލުކޮށް، ރައްޔިތުންނަށް ވެސް ހާމަވެފައި ވާކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް، ފްލެޓު ހަވާލުކުރުމުގެ އެއްވެސް މަަސައްކަތެއް ސަރުކާރުން ކުރިއަށް ގެންގޮސްފައި ނުވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ކުޑޫ ލިޔުއްވާފައި ވަނީ، މިއީ ވަރަށް ގިނަ ރައްޔިތުންނާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށެވެ.

އަދި ފްލެޓުތައް ހަވާލުކުރުން އިތުރަށް ލަސްކުރާ ނަމަ، އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި ދުވަހެއް ދުވަހަކަށް ނިކަމެތިވެ، ނަތީޖާއެއްގެ ގޮތުން އިޖުތިމާއީ މައްސަލަތައް އިތުރުވުމުގެ ނުރައްކާ އޮތްކަމަށް މި ކުއްލި މައްސަލައިގައި ވެއެވެ.

މި ކުއްލި މައްސަލައާ ގުޅިގެން ގޮތް ނިންމަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ކުއްލި މައްސަލައިގައި ބަޔާންކުރާ ކަމަކީ ކުއްލިއަކަށް ދިމާވި ކަމަކަށް ވާންޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކަމަށެވެ.

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ކުއްލި މައްސަލައަކީ ވޭތުވެ ދިޔަ 7 ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައެއް ކަމަށް ވާންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި މެންބަރު ފޮނުއްވި މައްސަލާގައި އެ ޝަރުތު ހަމަނުވާތީ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލައިގަނެވޭކަށް ނެތް ކަމަށެވެ.

ހައުސިން މިނިސްޓަރު މުއްތޮލިބު މި މަހުގެ 19 ވަނަ ދުވަހު ވިދާޅުވީ 4،000 ފްލެޓުގެ މަސައްކަތް ނިމެމުން އަންނަވަރަކުން ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް