
ބަންޑުން ޖަހާލި ކޮޅުވެއްޓިއަކީ ކޮޅުވެއްޓިއަކީ ބާވެ ދަތުރުކުރަން އެކަށީގެންވާ އުޅަނދެއް ނޫން ކަމަށާއި އެ ދަތުރު ކުރަން ކެޕްޓަން އިންކާރުކުރުކުރުމުންވެސް ދަތުރުކުރީ ވެރިންގެ ޕްރެޝަރަށްކަމަށް ބުނެ ދެކެވޭ ވާހަކަތައް ސިފައިން ވަނީ ދޮގުކޮށްފައެވެ.
ލޭންޑިން ކްރާޕްޓް ބަންޑުން ޖަހާލީ ކާށިދޫ ކަނޑުގެ ތެރެއިން ޅ އަތޮޅާއި 5 ވަރަކަށް މޭޭލަށް ކައިރިވެފައިވަނިކޮށް ދިޔަވާން ފަށާ ކުއްލިއަކަށް ލޭންޑިން ކްރާޕްޓް އަރިއަޅާލައިގެންކަމަށް ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފުން ބުނެއެވެ.
ލޭންޑިން ކްރާޕްޓް ދިޔަވަގެން އަރިއަޅާލައިގެން ދިޔަ ވަގުތު ލޭންޑިން ކްރާޕްޓްގެ ކެޕަޓަނާއި އަދި މި ހާދިސާގައި ނިޔާވި ވޮރަންޓް އޮފިސަރު އަލީ ހާމިދާއި ދެމީހުން ތިބީ ވީލް ހައުސްތެރޭގައިކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާ އެވަހގުތު ހުރީ އިންޖީނު ރޫމްގެ ތެރޭގައިކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ސިވެކްގެ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފި
ކޮޅޫވެއްޓި ފެތުނީ ކާށިދޫ ކަނޑުގެ ތެރެއިން ޅ. އަތޮޅާއި 1 މޭލުން ދުރުން 550 މީޓަރު އަޑިއަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންކަމުން އެމީހާ ހޯދުމަށް އެ ހިސާބަށް ފީނުމުގެ ގާބިލުކަން ސިފައިންގެ ހުރިކަމެއް ނުވަތަ ނޫންކަމެއް ސިފައިން އަދި ނުބުނެއެވެ.