
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ސިންގަފޫރަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގައި ކުރިޔަށްދާ ބިޒްނަސް ފޯރަމްގައެވެ.
100 މެގަވޮޓްގެ ފްލޯޓިން ސޯލާ މަޝްރޫއު ހިންގަން ހަވާލުކޮށްފައިވަނީ ބޯޑް އޮފް އިންވެސްޓްމަންޓްސްއިން ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕްއަށެވެ. މިކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތާރިގް އިބްރާހީމެވެ.
ފްލޯޓިން ސޯލާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު މެދު ތެރޭ ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ސިންގަޕޫރުގައި ކުރިއަށްދާ ބިޒްނަސް ފޯރަމްގައިވަނީ ސޯލާ މަޝްރޫއުގެ އިތުރުން އިތުރު ދެ މަޝްރޫއެއްގައި ވަނީ ސޮއިކޮށްފައެވެ.
މިގޮތުން ސާވިސް އެގްރިމަންޓް ފޯ އަ ރެސިޑެންސް ބައި އިންވެސްޓަމަންޓް ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ އެއްބަސްވުމުގައި ހެންލޭ އެންޑް ޕާޓްނާސްއާއެކު ވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދެވެ.
މީގެއިތުރުން ސަރުކާރާއި ސިންގަޕޯރިއަން ކޯޕަރޭޝަންއާއެކުވެސް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.