ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފަސްޓް ލޭޑީ ޕްރާނަކަން މިއުޒިއަމްއަށް ޒިޔާރަތްކުރެއްވުން
ފަސްޓް ލޭޑީ ޕްރާނަކަން މިއުޒިއަމްއަށް
ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު، ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.
Advertisement

ފަސްޓް ލޭޑީ އެ މިއުޒިއަމަށް ވަޑައިގަތުމާއެކު، އޭޝިއަން ސިވިލައިޒޭޝަންސް މިއުޒިއަމް އަދި ޕްރާނަކަން މިއުޒިއަމްގެ ޑިރެކްޓަރު މިސްޓަރ ކްލެމެންޓް އޯން އެ ކަމަނާއަށް މަރުހަބާ ދެންނެވިއެވެ.

މިއުޒިއަމްގެ ފަރާތުން ވަނީ އެތަނުގެ އާސާރުތައް ފަސްޓް ލޭޑީއަށް ދައްކަވައިލައްވައި، އެކިއެކި ކަލެކްޝަންތަކާ ބެހޭ މައުލޫމާތު އެ ކަމަނާއާ ހިއްސާކުރައްވާފައެވެ. ޕްރާނަކަން މިއުޒިއަމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޕްރާނަކަން ތަރިކައިގެ މައްޗަށް އެކުލެވިފައިވާ އެކިއެކި އެގްޒިބިޓްތައް ދައްކުވައިދޭ އަދި އެބައިމީހުންގެ ތާރީހާއި އަމިއްލަވަންތަކަމާއި ސަގާފަތާ ބެހޭ މަޝްވަރާތަކަށް ހުޅުވާލެވިފައިވާ މަންސައެކެވެ.

ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުއާއި ފަސްޓް ލޭޑީ، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް