ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރައީސް މުއިއްޒު
ފުރަތަމަ އެސްއީޒެޑް ރައީސް މިއަދު ކަނޑައަޅުއްވައިފި
ޕްރޮޖެކްޓް ސޯލަރ ސިޓީ" އަކީ ދިވެހިރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި، "ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މިއަދު ކަނޑައަޅުއްވައިފިއެވެ.
Advertisement

ދިވެހިރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) އެއްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ގާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) ގެ ދަށުން 12 ޖަނަވަރީ 2025 ގައި ޝާއިއުކުރެއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 1/2025 އިން، މީގެ ކުރިން ވަނީ ކަނޑައަޅުއްވާފައެވެ.

އަދި "ޕްރޮޖެކްޓް ސޯލަރ ސިޓީ" ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްގީކުރުމަށް ޓަކައި އޭ.ޕީ.އެމް. އެސް.ޕީ.ވީ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާއި ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެގޮތުގައި "ޕްރޮޖެކްޓް ސޯލަރ ސިޓީ" ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވިއިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމަކީ:
1. 100 މެގަވޯޓް ގެ ސޯލަރ ފޮޓޯވޮލްޓިކް ސިސްޓަމެއް ގާއިމްކޮށް އޮޕަރޭޓް ކުރުން.
2. މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (އެމް.އައި.ސީ.އީ) ހިމެނޭހެން ފަތުރުވެރިކަން ތަރައްގީކޮށް އޮޕަރޭޓްކުރުން.
3. ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްގީކޮށް އޮޕަރޭޓްކުރުން
4. ރިއަލް އެސްޓޭޓް ތަރައްޤީކުރުން

މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ޤަރާރުގައި ހިމަނައި، މީގެ އިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ޤަރާރުގެ ބައެއްގެ ގޮތުގައި ޝާއިއުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް