އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ނުވަ ސިޔާސީ ޕާޓީއެއް އޮތްއިރު 10،000 މެމްބަރުން ހަމަވަނީ އެންމެ ތިން ޕާޓީގައެވެ.
ޕާޓީތަކުގައި މެމްބަރުން ތިބި އަދަދަށް ބަލާއިރު އެންމެ މެމްބަރުން ގިނައީ ވެރިކަން ކުރާ ޕީއެންސީގައެވެ. އެ ޕާޓީގައި 68،665 މެންބަރުން އެބަ ތިއްބެވެ. ދެވަނައަށް އެނެމް މެމްބަރުން ގިނަ އެމްޑީޕީގައި ތިބީ 43,765 މެމްބަރުންނެވެ.
ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ ގޮތުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކޮންމެ ހަ މަހުން އާންމުކުރަން ޖެހެ އެވެ.