ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރިޓަޔާޑް ވޮރަންޓް އޮފިސަރު ގްރޭޑް ދޭއް ހަސަން އަބޫބަކުރު ނޮވެމްބަރު ތިނެއްގެ ހާއިނުން ގޮވައިގެން ކޯޓަށް ދަނީ
ސިފައިން ގެއަށް ހިދުމަތްކޮށް ދެއްވި ބޮޑު ހަސަނު ނިޔާވެއްޖެ
ސިފައިން ގޭގައި 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދެއްވި ރިޓަޔާޑް ވޮރަންޓް އޮފިސަރު ގްރޭޑް ދޭއް ހަސަން އަބޫބަކުރު (ބޮޑު ހަސަނު) އިއްޔެ ނިޔާވެއްޖެއެވެ.
Advertisement
އޭނާ ނިޔާވީ ސްރީލަންކާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ގެ ވަގުތެއްގައެވެ.

ވޮރަންޓް އޮފިސަު ގްރޭޑް 2 (ރިޓަޔަރޑް) ޙަސަން އަބޫބަކުރު ގިނަ މީހުންނަށް އެނގި މަޝްހޫރުވެފައި ވަނީ "ބޮޑު ހަސަނު" ގެ ނަމުންނެވެ. 

ސިފައިންގެ ސާވިސް ނަންބަރު 226، ވޮރަންޓް އޮފިސަރު ގްރޭޑް 2 (ރިޓަޔަރޑް) ހަސަން އަބޫބަކުރު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގަތީ 1970 ވަނައަހަރު އޯގަސްޓް މަހުގެ 13 ވަނަ ދުވަހުއެވެ.


ހަސަން އަބޫބަކުރު އާއްމުންގެ ގިނަ ބަޔަކު ދަންނަނީ ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ޝަރީޢަތްތައް ކުރިއަށް ދިޔައިރު އެ ހަމަލާގައި އެންމެ އިސްކޮށް އުޅުނު ކުށްވެރިން ގޮވައިގެން ކޯޓަށް ދިއުމަށް ސިފައިންގެއިން ނެންގެވި "ބޮޑެތި" ބޭފުޅުންގެ ތެރޭގައި ޙަސަންބެ ހިމެނިވަޑައިގަތުމުންނެވެ. 
ސިފައިންގެ އަސްކަރީ ތާރީހާއި، އަދަބީ ކަންކަމުގައި ގިނަ ލިޔުންތަކެއް ލިޔުއްވާ ބޭފުޅެއްކަމަށްވާ، ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު ވިދާޅުވީ ހަސަންބެއަކީ ނޮވެންބަރު ތިންވަނަ ދުވަހު މާލެތެރޭގައި ދުޝްމަނުންނާ ދެކޮޅަށް ހަރަކާތްތެރި ސިފައިންނާ އެކު މަސައްކަތްކުރެއްވި ހިތްވަރުގަދަ، ބިރު ކުޑަ ބޭފުޅެއްކަމަށެވެ. އެ ދުވަހު ގިރިފުށްޓަށް ހަތިޔާރު ބަލައި ދިޔަ ޓީމުގެ މެމްބަރުންގެ ތެރޭގައިގައިވެސް ހަސަން ހިމެނެެއެވެ. 
އިންޑިއާ ސިފައިން މާލެ އެރިތަނުން ގިރިފުށިން ހަތިޔާރު ހިފައިގެން އައި މި ޓީމު ފެނިގެން އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ހަސަންބެ  ހިމެނިވަޑައިގަތެވެ.. އިންޑިއާ ސިފައިންނަށް މިއީ ދިވެހި ސިފައިންގެ ބައެއްކަށް ޔަގީންވަންދެން ހަސަންބެމެން  ތިއްބެވީ އިންޑިއާ ސިފައިންގެ ބަޑިތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސުވާފައިަކަމަށް ސައީދު ވިދާޅުވިއެވެ. 

ސިފައިންގެ ހިދުމަތާ ގުޅީވަޑައިގަތީން ސުރެ  މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމް.އެން.ޑީ.އެފް) ގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު 38 އަހަރާއި 11 މަހާ 13 ދުވަހުގެ ދިގު މުއްދަތުގައި، އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ އުޒުމެއްގައި ސާބިތުވެ ހުންނަވައިގެން ހިދުމަތް ދިވެހި ޤައުމަށް އިހްލާސްތެރި ހިދުމަތްތަކެއް ވޮރަންޓް ހަސަން އަބޫބަކުރު ވަނީ ކުރައްވާފައިވާކަން ސައީދުގެ ލިޔުއްވުމުގައި ފާހަގަކުރައްވާފައިވެއެވެ.

your imageރިޓަޔާޑް ވޮރަންޓް އޮފިސަރު ގްރޭޑް ދޭއް ހަސަން އަބޫބަކުރާއި ސައީދު 

މި ދިގު މުއްދަތުގެ ތެރޭގައި އެމް.އެން.ޑީ.އެފް ގެ ލާންސްކޯޕްރަލްކަމާއި، ކޯޕްރަލްކަމާއި، ސާޖަންޓްކަމާއި، ސްޓާފް ސާޖަންޓްގެ މަޤާާމް ފުރުއްވާފައި ވެއެވެ. ވޮރަންޓް އޮފިސަރު ގްރޭޑް 2 (ރިޓަޔާޑް) ސަސަން އަބޫބަކުރު ސިފައިންގޭގައި އިހްލާސްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ހިދުމަތްތަކުގެ ސަބަބުން، ޝަރަފުގެ ނިޝާންގެ ގޮތުގައި 6 ކުލައާއި 5 މެޑެލި ލިބިވަޑައިގެންފައިވުއެވެ. އޭގެތެރޭގައި އަސްކަރީ މެޑެލިތަކުގެ ތެރޭގައި، އަހްލާޤީ މެޑެލި، ސިފައިންގެ ހިދުމަތުގެ މެޑެލި، އިހްލާސްތެރި ހިދުމަތުގެ މެޑެލި، ސައްތައިގެ މެޑެލި، 3 ނޮވެމްންބަރުގެ މެޑެލި ހިމެނެއެވެ.

އަސްކަރީ ކުލަތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި ދިގުމުއްދަތަށް ހިދުމަތް ކުރުމުގެ ކުލަ ފާހަގަ ކުރެވެއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް