
މި ސްކޫލަކީ ހުޅުމާލޭގެ ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށް، ވީހާވެސް ގިނަ ދަރިވަރުންނަށް ގެއާ ކައިރި ސްކޫލަކުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އިމާރާތް ކުރާ ސްކޫލެކެވެ.
ދެވަނަ ފިޔަަވަހީގައި ހިޔާ ޓަވަރުގެ 16 ވަނަ ޓަވަރު ހުރި ދިމާލުގައި ހަދާ މި ސްކޫލުގެ ބިންގާ އަޅުއްވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު، ރައީސް މުއިއްޒު އެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހު ކިޔަވައިދޭން ފަށަން ނިންމާފައިވާ އެ ސްކޫލްގެ މަސައްކަތް އަންނަ ނޮވެމްބަރު މަހު އެއްކޮށް ނިންމާލުމަކީ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން ޑިސެމްބަރު، 2023 ގައި ބިން އަޅައި، އިމާރާތްކުރަމުންދާ މި ސްކޫލަށް ނަން ދީފައި ވަނީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ސުލްތާން އަލީ (ހަވަނަ) – އަލީ ރަސްގެފާނަށް ނިސްބަތްކޮށެވެ.
ލީ ރަސްގެފާނަކީ އީމާންތެރިކަން ވަރުގަދަ، ހިތްޕުޅުގައި ގައުމީ ލޯބި ފުން އަދި ހިތްވަރުގަދަ ބޭފުޅެކެވެ. އަދި ދައުލަތަށް ވަފާތެރި، ދިވެހި ރައްޔިތުންނާ މެދު ހިތްޕުޅުގައި ކުލުނާއި އިޚްލާސްތެރިކަން ބެހެއްޓެވި ބޭފުޅެކެވެ.
އަލީ ރަސްގެފާނުގެ ނަންފުޅު ތާރީހުގައި ފަވާލެވިފައިވަނީ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި މަތިވެރި ޖިހާދު އަދި ވަތަނަށްޓަކައި ގުރުބާންވެ ވަޑައިގަތް އަގުމާތް ދިވެހި ދަރިއެއްގެ ގޮތުގަ އެވެ.