ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ކެންގަރޫ ކިޑްސްގައި ދަރިވަރުންތަކެއް ކުޅެނީ: ފޮޓޯ ކޯޕަރޭޓް މޯލްޑިވްސް
ނާސަރީ ކުއްޖަކު އެލްކޭޖީއަށް ބަދަލު ކުރަން ކޯޓު އަމުރެއް!
ކެންގަރޫ ކިޑްސްގެ ނާސަރީގައި ކިޔަވަމުންދާ ތުއްތު ކުއްޖަކު، އެ ސްކޫލުގެ އެލްކޭޖީއަށް ބަދަލު ކުރަން، ހައިކޯޓުން އަމުރުކޮށްފިއެވެ.
Advertisement

މިއީ، 2024 ވަނަ އަހަރު އެޑިއުކޭޝަނުން ނެރުނު ސްކޫލްތަކަށް ކުދިން ވެއްދުމާ ގުޅޭ ސާކިއުލާއިން، ކުދިން ވެއްދުމާގުޅޭ އުމުރުފުރާތައް ކަނޑައެޅި ގޮތެއްގެ ސަބަބުން، ޕްލޭ ސްކޫލުން ބޭބީ ނާސަރީއަށް ޕްރޮމޯޓްވާން ޖެހޭކަމަށް ބެލެނިވެރިޔާއަށް ގަބޫލު ކުރެވުނު ކުއްޖަކު ޕްލޭ ސްކޫލުގައި ރިޕީޓް ކުރަން ޖެހުމާ ގުޅިގެން އުފެނުނު ހުސޫމާތެއްގެ ތެރެއިން އުފަންވެގެން އައި މައްސަލައެކެވެ.

މި މައްސަލައިގައި ކުއްޖާގެ މަންމަ އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން މި އަހަރުގެ ކުރީކޮޅު އަމުރެއް ނެރުން ނަމަވެސް ކުއްޖާގެ މަންމަ އެދޭ ހައްލު ނުލިބުމުން އޭނާ ދެން މި މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.

މި މައްސަލަ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ ހިޔާލު ތަފާތުވިނަމަވެސް، މެޖޯރިޓީ ފަނޑިޔާރުންގެ ރައުޔަކީ ނާސަރީގައި ކިޔަވަމުންދާ ކުއްޖާ، އެލްކޭޖީއަށް ބަދަލު ކުރުމަށް އަމުރު ކުރުމެވެ. އެހެންކަމުން ދެ ފަނޑިޔާރުންގެ އަގްލަބިއްޔަތުން އަމުރު ކުރީ، މަސައްކަތު 15 ދުވަހުގެ ތެރޭގައި އެ ކުއްޖާ އެލްކޭޖީއަށް ބަދަލު ކުރުމަށެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް