ads
ހިޔާ ފްލެޓެއްގެ ތެރެއިން އަތުލައިގެން 242 ވޭޕް ފްލޭވާ ފުޅި
ވޭޕް މަނާކުރުން، އަހަރެއްގެ ތެރޭ 50،000 ވުރެ ގިނަ ވޭޕް އެތެރެކުރި
ރާއްޖޭގައި ވޭޕްކުރުމާއި އެ ތަކެތި ގެންގުޅުން މަނާކުރިތާ އަހަރެއްގެ ތެރޭގައި 50،000 ވުރެ ގިނަ ވޭޕާއި އެއާއި ގުޅޭ ސާމާނު ހިފަހައްޓާފައިވާކަމަށް ކަސްޓަމްސްއިން މިއަދު ބުނެފިއެވެ.
Advertisement

ރާއްޖޭގައި ވޭޕް ކުރުމާއި އެއާއި ގުޅޭ ސަމާނު ރާއްޖެއަށް އެތެރެކުރުން މަނާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 15 އިން ފެށިގެންނެވެ. 

ވޭޕް މަނާކުރިތާ އަހަރެއް ފަހުން ކަސްޓަމްސް އިން ބުނީ މިދިޔަ އަހަރެއް ތެރޭގައި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރަން އުޅުމުގެ 176 މައްސަލަ ބަލާފައިވަކަމަށެވެ. އަދި އެ މައްސަލަތަކުގައި 53،300 ތަކެތި ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ވިއްކުމުގެ މައްސަލަތަކުގައި 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ.

ވޭޕް އެތެރެކޮށްގެން މިދިޔަ އޮކްޓޫބަރުމަހު ކުރި ޖޫރިމަނާގެ އަދަދު 226،000 އަރާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކަސްޓަމްސް އަށް ދައްކަން ޖެހޭ ޖޫރިމަނާތަކުން ދެވަނައަށް އެންމެ ގިނަ އަދަދެއްގެ މިހުން ފައިސާ ނުދައްކާވަނީ ވޭޕާއި ގުޅުން ހުރި މައްސަލަތައްކަމަށް ކަސްޓަމްސް އިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް