ads
ސަލްމާން ހާން
ސަލްމާން ހާންގެ "ބެޓްލް އޮފް ގަލްވާން" ފިލްމުގެ ފުރަތަމަ ރޫފް ދައްކާލައިފި
ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު، ސަލްމާން ހާން، އޭނާގެ ކުރިއަށް އޮތް ފިލްމު "ބެޓްލް އޮފް ގަލްވާން" ގެ ފުރަތަމަ ރޫފް (ފަސްޓް ލުކް) އާންމުކޮށްފި އެވެ.
Advertisement

މިކަން އޭނާ އިއުލާންކުރީ މިދިޔަ ހުކުރު ދުވަހު އިންސްޓަގްރާމް މެދުވެރިކޮށެވެ. މިއީ ސަލްމާން ހާން ފޭނުންނަށް ހައިރާންކަމެއް ގެނުވައިދިން ހަބަރެކެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަ ތާރީހު އަދި އިއުލާނު ނުކުރެ އެވެ.

ސަލްމާން ހާން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ މޯޝަން ޕޯސްޓަރުގައި ފެންނަނީ، ލޭމަޑުވެފައި، މޫނުމަތީގައި ތަފާތު ތަންތަން ހަލާކުވެ، މުށްބާރުކޮށްފައި ހުރެ، ތޫނު ނަޒަރަކުން ބަލާ މަންޒަރެކެވެ. މި ޕޯސްޓަރުގައިވާ ޝުއޫރުތައް ގަދަ ބަޔާނުގައި ބުނެފައިވަނީ "ކަނޑުގެ ސަތުހުން 15,000 ފޫޓަށްވުރެ މަތީގައި، އިންޑިއާ ވަނީ އެއްވެސް ބަޑިއެއް ނުޖަހާ އެންމެ ނުރައްކާތެރި ހަނގުރާމަ ކޮށްފައި" ކަމަށެވެ. މި ބަޔާނުން ފިލްމުގެ ސީރިއަސްކަން ދައްކުވައިދެ އެވެ.

އަޕޫރްވާ ލަކިއާ ޑައިރެކްޓްކޮށްފައިވާ "ބެޓްލް އޮފް ގަލްވާން" އަކީ 2020 ވަނަ އަހަރު ލަޑާކްގެ ގަލްވާން ވެލީގައި އިންޑިއާ އާއި ޗައިނާ ސިފައިންނާ ދެމެދު ހިނގި އަސްލު ހަމަލާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

މި މަހުގެ ތެރޭގައި ޝޫޓިން ފަށާ "ބެޓްލް އޮފް ގަލްވާން" ގައި ސަލްމާން ކުޅޭނީ ސިފައިންގެ މީހެއްގެ ރޯލެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ބަތަލާ އަކީ އޭނައާ އެކީ އަލަށް މަސައްކަތްކުރާ ޗިތުރަންގަދާ ސިންގް އެވެ.

ގަލްވާން ހަމަލާއަކީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު ހިނގި ހާދިސާއެކެވެ. މި ހާދިސާގައި 20 އިންޑިއާ ސިފައިން މަރުވިއިރު، މިއީ 40 އަހަރަށްވުރެ ގިނަ ދުވަހަށްފަހު ޗައިނާއާ ދެމެދު ހިނގި އެންމެ ނުރައްކާތެރި ސަރަހައްދީ ހަމަލާ އެވެ. މި ހަމަލާއާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ގިނަ ދުވަސްތަކެއް ވަންދެން އަސްކަރީ ހަމަލާތަކެއް ހިނގާފައިވާ ކަމަށާއި، ދެ ގައުމުގެ މަތީ ފެންވަރުގެ މަޝްވަރާތައް ވެސް ކުރެވިފައިވާ ކަމަށް ވެސް އިންޑިއާގެ ނޫސް ތަކުން ބުނެއެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކޮށް، ފިނި ތަރުހީބެއް ލިބުނު އެކްޝަން ތުރިލާ "ސިކަންދަރު" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް