ads
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބައިވެރިވެވަޑައިގަތުމަށް ސްޕެއިންގެ ސެވިލްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެންފިއެވެ.
ސްޕެއިން ދަތުރަށްފަހު ނައިބު ރާއްޖެއަށް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް، ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި ބައިވެރިވެވަޑައިގަތުމަށް ސްޕެއިންގެ ސެވިލްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެންފިއެވެ.
Advertisement

ނައިބުގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ އެފް.އެފް.ޑީ.4 ގެ ހުޅުވުމުގެ ރަސްމިއްޔާތާއި އަދި މަތީ ފެންވަރުގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ މިކޮންފަރެންސްގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑާ ރައުންޑްޓޭބަލް 6: "ރިފޯމިން ދަ އިންޓާނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗާ އެންޑް އެޑްރެސިން ސިސްޓެމިކް އިޝޫސް" ގައި ތަޤުރީރު ކުރައްވާފައެވެ. 

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދުނިޔޭގެ މާލީ ނިޒާމު އިސްލާޙުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްއަށް ހަމަހަމަ ތަމްސީލުކުރުން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށާއި، އިންސާފުވެރި ކަމާއެކު ކްރެޑިޓް ރޭޓިން ދިނުމަށް ގޮވާލައްވާފައިވެއެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއިން އިސްނަގައިގެން މި ކޮންފަރެންސްގެ ހަވާސާގައި ބޭއްވި އިތުރު ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތްތަކުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތައް ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި މުރަކަ އިންޝުއަރެންސް އިނީޝިއޭޓިވް ތައާރަފުކުރުމާއި، ޒުވާނުންނާއި އަންހެނުން ހިންގާ ވިޔަފާރިތަކަށް އިސްކަންދީގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެމް.އެސް.އެމް.އީ) ތަކަށް އަހައްމިއްޔަތުކަން ދިނުން ހިމެނެއެވެ.

މީގެ އިތުރުން، ނައިބު ވަނީ އެފް.އެފް.ޑީ.4ގެ ހަވާސާގައި ކުރިއަށްދިޔަ "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓްގައި ބައިވެރިވެވަޑައިގެންފައެވެ. މި އިވެންޓްގައި އެކިއެކި ޤައުމުތަކުގެ އިސްވެރިންނާއި އޮފިޝަލުންގެ އިތުރުން އ.ދގެ ކަމާ ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސިޑްސް ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސްއަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެ ކަމުގެ ޔަޤީންކަން، ވަނީ ދެއްވާފައެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ ސްޕެއިންގެ ރަސްގެފާނާއި ރާނީ ދެއްވި ރަސްމީ ފަރީއްކޮޅުގެ އިތުރުން ސްޕެއިންގެ ބޮޑުވަޒީރު ދެއްވި ރަސްމީ ފަރީއްކޮޅުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ދިވެހި ސަރުކާރުގެ އިސް ބޭފުޅުންވެސް ވަނީ މި ކޮންފަރެންސްގެ ތެރޭގައި ބޭއްވި މަތީ ފެންވަރުގެ އެކިއެކި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެފް.އެފް.ޑީ.4 ކުރިއަށް ދިޔައީ 2025 ޖޫން 30 އިން ޖުލައި 3 ގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް