
އެމްއެމްޕީއާރްސީ އިން ބުނި ގޮތުގައި މިއީ ރާއްޖޭގެ އުފެއްދުންތެރި ފަންނާނުން ބައިވެރިކޮށް، އެ މީހުންގެ އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ތައާރަފުކުރާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ސަގާފީ އަދި ފަންނީ ދާއިރާއިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށް ތައާރަފްކުރެވޭ ޕްރޮގްރާމެއް ކަމަށް އެމްއެމްޕީއާރްސީ އިން ވަނީ ބުނެފަ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަންނާނުން، އެ ފަންނާނެއްގެ ވަނަވަރާއި، ފަންނީ ޕޯޓްފޯލިއޯ އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުށަހަޅާ ހިޔާލުތައް ހިމެނޭ ކުރު ޕްރޮޕޯޒަލްއެއް ތައްޔާރުކޮށް ވިޒިޓް މޯލްޑިވްސްގެ އީމެއިލްއަށް އީމެއިލް ކުރުމަށް އެމްއެމްޕީއާރުސީން ވަނީ އެދިފަ އެވެ.
ވިޒިޓް މޯލްޑިވްސްއަށް ދިވެހި އެމްބެސެދަރަކު ހޯދަން އިއުލާނުކޮސްފައި ވާއިރު، ދާދިފަހުން ސަނީސައިޑް އޮފް ލައިފްގެ ގްލޯބަލް ބްރޭންޑް އެމްބެސަޑަރަކަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ވަނީ ހަމަޖައްސައިފަ އެވެ.