
އެގޮތުން އަންނަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކޮންމެ ހަފުތާއަކު އެއް ދަތުރުކުރާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.
މޯލްޑިވިއަން އިން މިހާރުވެސް ދަނީ ޗައިނާގެ ޝެންހާއީ، ބެއިޖިން އަދި ޗެންޑޫއަށް ދަތުރުކުރަމުންނެވެ.
ޝެންޒެން ސިޓީއަށް ދަތުރުތައް ފެށި އިރު ޗެންގްޑޫ އާއި ބެއިޖިން އާއި ޝެންހާއީ އަށް ދަތުރުތައް ވެސް ކުރާނެ އެވެ. އެ ތިން ސިޓީއަށް ޝެޑިއުލް ދަތުރުތައް ކުރަނީ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓުންނެވެ.
މޯލްޑިވިއަން އެއާލައިންގެ ފްލީޓުގެ އަދަދު މިހާރު 25 އަށް އަރަ އެވެ. އެ އެއާލައިނުން އަންނަނީ މިހާރު 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ.
ޗައިނާ އަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަ ގައުމެވެ. މި މަހުގެ 5 އާ ހަމައަށް އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 148951 އަށް އަރަ އެވެ. މިދިޔަ އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިންނެވެ.