ads
ގަލޮޅު ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި އިވެންޓްގައި މިނިސްޓަރު ރާފިއު ވާހަކަފުޅުދައްކަވަނީ -
ވައުދުތައް ފުއްދޭނީ ޕީއެންސީ ކެންޑިޑޭޓުން ހޮވައިގެން: ރާފިއު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވައިގެން ނޫނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތައް ފުއްދުމަށް ދަތިވާނެ ކަމުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
Advertisement

ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރާފިއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް، ރައްޔިތުންގެ ވޯޓުން، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްފައިވަނީ، އެ މަނިކުފާނުގެ ސިޔާސަތު ރައްޔިތުންނަށް ކަމުދާތީ ކަމަށާއި އެ ކަންކަން ތަންފީޒުކުރަން ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެ ނޫން ގޮތަކަށް މުއައްސަސާތަކުން ކަންކަން ބައްޓަން ކުރުމަކީ ދަތިވާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑުގެ ސުވާލަކީ އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ މުއައްސަސާތަކުން އަޅުގަނޑުމެންނަށް އެކަން ކުރުމަށް މަގުފަހި ނުވާގޮތަށް ކަންކަން ބައްޓަންކޮށްފިއްޔާ އޭރު އަޅުގަނޑުމެން ބޭނުންވި ކަންކަން ހާސިލުކުރެވޭނެތޯ؟ އެ ސުވާލު އަޅުގަނޑު މި ކުރީ. ހަމަ ޔަގީނުންވެސް ވަރަށް ދަތިވާނެ،" ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ ރައްޔިތުންނަށް އެކަންކަން ހާސިލު ކުރެވޭނީ ރައީސް މުއިއްޒުގެ ފިކުރާއި ހިޔާލާއި އެއްގޮތް ބަޔަކަށް މުއައްސަސާތަކުގައި ތިބި މީހުން ވެގެން ކަމަށެވެ.

މިނިސްޓަރު ރާފިއު އިތުރަށް ވިދާޅުވީ ރާއްޖެއަށް ތަރައްގީ ގެނެވޭނީ ޕީއެންސީގެ ކައުންސިލަރުން ރަށްތަކަށް އިންތިހާބުކޮށްގެން ކަމަށެވެ. ޕީއެންސީގެ ކެންޑިޑޭޓުންނަކީ ރައްޔިތުންނަށް މަސައްކަތްތަކެއް ކޮށްދީފައިވާ އޯގާތެރި ބައެއް ކަމަށްވެސް ވިދާޅުވި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި ހާއްސަކޮށް ވެރިރަށް, މާލޭގައި ވަަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;