މަޝްހޫރު ފިލްމީ އުފެއްދުންތެރިޔާ އަނޫރާގް ކަޝްޔަޕް ވަނީ މި ފިލްމަކީ "ބަކަވާސް ޕްރޮޕަގަންޑާ" އެއްގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާ ބުނީ މި ފިލްމަކީ ހަގީގަތާ ހިލާފު، މީހުން ބައިބައިކޮށްގެން ފައިސާ ހޯދުމުގެ މަގްސަދުގައި ހަދާފައިވާ އެއްޗެއް ކަމަށެވެ. އަދި އޭގައި ދައްކާ ބައެއް މަންޒަރުތަކަކީ އިންސާނުން އުޅޭނެ ގޮތެއް ނޫން ކަމަށް ބުނެ އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އަނޫރާގްގެ މި ފާޑުކިއުންތަކަށް ފިލްމުގެ ޑައިރެކްޓަރު ކަމާކްޔާ ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. އޭނާ ބުނީ އަނޫރާގް ކަޝްޔަޕަކީ މިހާރު "ނަފްސާނީ ގޮތުން ބަލިކަށި" މީހެއް ކަމަށާއި، ކޮންމެ ކަމަކާ މައްސަލަ ޖެއްސުމަކީ އޭނާގެ އާދައެއް ކަމަށެވެ. އަދި އޭނާގެ ވާހަކަތައް މިހާރު މީހުން ސީރިއަސްކޮށް ބަލައިނުގަންނަ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.
މި މައްސަލައިގައި އެކްޓަރު ޕްރަކާޝް ރާޖް ވެސް ވަނީ އޭނާގެ ހިޔާލު ފާޅުކޮށްފައެވެ. ކެރެލާގެ އެކި ކާބޯތަކެތީގެ ފޮޓޯތައް ހިއްސާކުރަމުން އޭނާ ބުނީ ހަގީގީ "ކެރެލާ ސްޓޯރީ" އަކީ އެކި ދީންތަކުގެ މީހުން އެކުވެރިކަމާއެކު އުޅުމާއި، އެކަކު އަނެކެއްގެ އާދަކާދަތަކަށް އިހުތިރާމް ކުރުން ކަމަށެވެ.
ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާއީ ވިޖަޔަން ވެސް ވަނީ މި ފިލްމަކީ ސްޓޭޓް ބަދުނާމުކުރުމަށް ހިންގާ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ސޯޝަލް މީޑިއާގައި ވެސް މި ފިލްމާ މެދު އާންމުންގެ މެދުގައި ވަނީ ބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;