ads
އެމްއެމްޕީއާރުސީ އެމްޑީ ޝިއުރީ ފޮޓޯ: ޕީއެސްއެމް
އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަކުރުމަށް އެމްއެމްޕީއާރުސީއަށް މަޖިލީހުން އެންގަނީ
ރައްޔިތުންގެ މަޖިލީހުން ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަކުރުމަށް އިތުރު ގޮތްތަކެއް ހޯދުމަށް އެންގުމަށް ފާސްކޮށްފައެވެ.
Advertisement

މި ނިންމުން ފާސްކޮށްފައިވަނީ އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީސީ) ގެ ހާލަތު މަޖިލީހުގެ އެސްއޯއީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރުމަށްފަހު ވޯޓުދެއްވި 62 މެންބަރުންގެ އިއްތިފާގުންނެވެ.

އެސްއޯއީ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމްއެމްޕީއާރުސީއަކީ މައިގަނޑު ޕްރޮގްރާމްތައް ހިންގުމަށާއި ލޯނު ދެއްކުމަށް ސަރުކާރަށް ބަރޯސާވާންޖެހޭ ކުންފުންޏެކެވެ. މީގެއިތުރުން މާލީ ރިޕޯޓުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ދަރަނިތައް ކުންފުނީގެ ހަރުމުދަލަށްވުރެ ގިނައެވެ. އެހެންކަމުން، އެއީ ބަނގުރޫޓުވުމުގެ ނުރައްކާ އޮތް ކުންފުންޏެއްކަމަށާއި މާލީ ހާލަތު ރަނގަޅުކުރަންޖެހޭކަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.

ކޮމިޓީގެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، 2023ވަނަ އަހަރު އެމްއެމްޕީއާރުސީއަށް ލިބުނު އާމްދަނީ އިތުރުވިނަމަވެސް، އެއީ ފެއާތަކުގެ ޕާޓިސިޕޭޝަން ފީން ލިބުނު އާމްދަނީއެވެ. އަދި 2023ވަނަ އަހަރުން ފެށިގެން ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް މެނޭޖްމަންޓުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމާއި، ފެއާތަކުގައި ބައިވެރިވުމަށް ކުންފުނިން ކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކުރުމާއެކު އެސްއޯއީ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އެމްއެމްޕީއާރުސީއާއި މާލީ މިނިސްޓްރީއަށް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށްގެންދިއުމަށް އަންގާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް