ads
ފްލައިޓެއްގެ ކޮކްޕިޓް
ހުއްދަނެތި ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޯސްތައް ބަލައެއް ނުގަންނާނެ: ޑިފެންސް
ޑިފެންސް މިނިސްޓްރީން ހުއްދަ ނުނަގާ ހިންގާ އޭވިއޭޝަން ސެކިއުރިޓީ ކޯސްތަކުގެ ސެޓްފިކެޓް ބަލައި ނުގަންނާނެކަމަށް އެ މިނިސްޓްރީން ބުންފިއެވެ.
Advertisement

ނެރުނު ސާކިއުލާއެއްގައި ޑިފެންސް މިނިސްޓްރީން ބުނީ، ރާއްޖޭގައި އޭވިއޭޝަން ސެކިއުރިޓީ ތަމްރީންދޭ ހުރިހާ މަރުކަޒުތަކާއި، ޕްރޮގްރާމުތަކާއި، ތަމްރީން ފޯރުކޮށްދޭ ފަރާތްތަކަކީ ޑިފެންސް މިނިސްޓްރީގެ ހުއްދަ ލިބިފައިވާ ފަރާތްތަކެއްކަމުގައި ވާންޖެހޭނެ ކަމަށެވެ.

ރާއްޖޭގެ މަދަނީ ދަތުރުފަތުރުގެ ސިނާއަތުގައި ޝާމިލްވާ ފަރާތްތަކަށް ބޭނުންވާ އޭވިއޭޝަން ސެކިއުރިޓީ ތަމްރީންތައް ފޯރުކޮށްދިނުމުގައި، އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަމަލުކުރާނެ ގޮތްތަކާއި، މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ސިޔާސަތު، ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕޮލިސީގައި ބަޔާންކޮށްފައިވާކަމަށް ޑިފެންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ޑިފެންސް މިނިސްޓްރީން ސަމާލުކަމަށް ގެނެސްފައިވާ ގޮތުގައި ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތަށް މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނުނަގައި މުވައްޒަފުންނަށް ތަމްރީންތައް ފޯރުކޮށްދިނުމުގެ މަސައްކަތް، އޭވިއޭޝަން ސެކިއުރިޓީ ސިނާއަތުގައި ޝާމިލްވާ ބައެއް ފަރާތްތަކުން ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. އޭވިއޭޝަން ސެކިއުރިޓީއާއި ގުޅޭ ތަމްރީންތައް ފޯރުކޮށްދިނުމުގައި ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ހިންގާ ތަމްރީންތަކުގެ ސެޓްފިކެޓްތައް ގަބޫލުނުކުރާނެކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް