
އޭނާ މިފަދައިން ވިދާޅުވީ، ސިންގަޕޫރުގެ ބިޒްނަސް ފޯރަމް 2025ގައި "ފްރޮމް ފައުންޑޭޝަން ޓު ފިއުޗާ: އެކްސްޕްލޯރިން އިންވެސްޓްމަންޓް ޕާޓްނާޝިޕް"ގެ ނަމުގައި ބޭއްވި ޕެނަލްއެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕެނަލްގައި ދެމެހެއްޓެނިވި އިގްތިސޯދީ ކުރިއެރުމާއި، ފަތުރުވެރިކަމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި އެކި ދާއިރާތަކުން އީޖާދީ ކަންކަމަށް ބާރުއެޅުމަށް ހަ ސަބްމެރިން ކޭބަލް ސިސްޓަމް ބޭނުންކުރާނެ ގޮތް ފަދަ ކަންކަމަށް ވާހަކަ ދެއްކިއެވެ.
މި ޕެނަލްގައި ވާހަކަ ދައްކަވަމުން ހާލިދު ވިދާޅުވީ، ކަނެކްޓިވިޓީއަކީ އިންވެސްޓްމަންޓަށް ބާރުދޭ ވަރަށް ބޮޑު ވަސީލަތެއް ކަމަށެވެ.
ހަމާދީ ވިދާޅުވި ގޮތުގައި އުރީދޫ ގްރޫޕްގެ އެންވީޑިއާ ފަދަ ގްލޯބަލް ޕާޓްނާޝިޕްތައް މެދުވެރިކޮށް ދުނިޔޭގެ ފެންވަރުގެ އޭއައި އާއި ޖީޕީޔޫއަށް ރާއްޖޭގައި އުރީދޫ އޮތީ ތައްޔާރަށެވެ.
މި ފެނަލްގައި ހާލިދުގެ އިތުރުން، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ވިލާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސިޔާދު ގާސިމް ފަދަ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
މި ޕެނަލް ބޭއްވީ ރާއްޖެއާ ސިންގަޕޫރާ ދެމެދު ގާއިމްކޮށްފައިވާ ސިޔާސީ ގުޅުން ފާހަގަކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ފޯރަމެއްގެ ތެރެއިންނެވެ.
މި ފޯރަމްގެ މަގުސަދަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޑިޖިޓަލް އިގްތިސޯދުގެ ތެރެއިން ގުޅުން ބަދަހިކުުރުމަށް އައު ފުރުސަތުތައް ހޯދުމެވެ.