ads
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހްމަަދު އުޝާމް
ގުޅީފަޅު ގޯތި މައްސަލައިގައި އޭޖީގެ ލަފާ ހޯދަނީ
ކުރީ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން ބަންޑާރަ ނައިބުގެ ލަފާ ހޯދަން ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
Advertisement

މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ބިންވެރިޔާ ސްކީމްގެ ދަށުން އެ ތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓަރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު ގޯތި ލިބުނު މީހުން ދަނީ އާ އެއްބަސްވުމުގައި ސޮއި ކުރަން ދެކޮޅު ހަދަމުންނެވެ.

އެ މައްސަލާގައި ހައުސިން މިނިސްޓްރީން މިއަދު ބުނީ ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ކުރީގެ ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވިޔަސް އެކި ސަބަބުތަކާ ހުރެ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ފަހުން ގެނައި ބަދަލާ އެކު އެ ތަނުން ގޯތި ލިބުނު މީހުންގެ ޕްލޮޓުގެ ސަރަހައްދު ބަދަލުވެފައިވާ ކަމަށެވެ. އެކަމަކު ހައުސިން މިނިސްޓްރީން މިއަދު ބުނީ، އެ މީހުންގެ މެދުގައި ނެގި ގުރުއަތުން ހައްގުވާ ޕްލޮޓު ކަނޑައަޅައި، ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި އަލުން ސޮއިކުރުމަށް މިހާރު ވެފައިވާ އެއްބަސްވުން ދިރާސާކުރިއިރު، އޭގައި ބިމާ ބެހޭ ގާނޫނާ ފުށުއަރާ ކަންކަން ހިމެނޭކަން ފާހަގަވާ ކަމަށެވެ.

ބިމާ ބެހޭ ގާނޫނުގައި އޮންނަނީ އެ މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދެވޭނީ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އއިމާރާތެއްގެ ފްލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ ފްލެޓެއް ދޫކޮށްލުމުންކަމަށް ޝަރުތު ކޮށްފަ އެވެ،

ހައުސިން މިނިސްޓްރީން މިއަދު ބުނިގޮތުގައި، އެގޮތަށް ޝަރުތު ކޮށްފައި ވަނިކޮށް، ހުޅުމާލެ އިން ހަވާލުކުރި ގިނަ ގޯތިތައް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެހެންވެ، ހަމައެކަނި ގުޅިފަޅުން ގޯތި ލިބިފައިވާ މީހުންނާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން އެކަނި އިސްލާހު ކޮށްގެން މުޅި މައްސަލައަށް ހައްލު ނުލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެެވެ.

މި ސަރުކާރުން ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުގައި ގުޅިފަޅުން 3،520 ގޯތި ދޫކުރަން ނިންމާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް