ސޯޝަލް މީޑިއާގައި ކުރެއްވި ޓުވީޓެއްގައި ޔާމީން ވިދާޅުވީ "ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 20 ރުފިޔާގައި. އަދިވެސް ދަނީ މައްޗަށް. ކޮންސިއުމާ މާކެޓް އެދަނީ ފުނޑުފުނޑުވަމުން. ގަރުދިޔަ ޒަމާން އަނެއްކާ ވެސް އައީތޯ އަލީ އާރިފް؟" ކަމަށެވެ.
ރައީސް ޔާމީންގެ މި ސުވާލަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ޖުލައި 15ގައި ދެއްކެވި ވާހަކައަށް ރައްދުދެއްވައި ކުރެއްވި ސުވާލެކެވެ.
ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި އަހަރު ދަރަނީގެ ގޮތުގައި 500 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، އަންނަ އަހަރު އެ އަދަދު 1.2 ބިލިއަން ޑޮލަރަށް އިތުރުވާނެއެވެ.