ads
ސަލްމާން މިސްކިތުގައި ހުޅުވި ލައިބްރަރީ "އިސްލާމީ ކުތުބުހާނާ" - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ސަލްމާން މިސްކިތުގައި ތަރައްގީކުރި އިސްލާމީ ކުތުބުހާނާ ހުޅުވައިފި
މާލޭ ސަލްމާން މިސްކިތުގައި ހެދި ލައިބްރަރީ "އިސްލާމީ ކުތުބުހާނާ" މިރޭ ހުޅުވައިފި އެވެ.
Advertisement

މި ކުތުބުހާނާ ނުވަތަ ލައިބުރަރީ ހުޅުވައިދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ.

އެ ލައިބްރަރީ ހުންނަނީ ސަލްމާން މިސްކިތުގެ ތިންވަނަ ފުލޯގަ އެވެ.

ހިތްފަސޭހަ ގޮތަކަށް އަދި ޒަމާނީ ފެންވަރަށް ތަރައްގީކުރި އެ ކުތުބުހާނާގައި 15،000 އަށް ވުރެ ގިނަ ފޮތް މިހާރު ވެސް ވަނީ ބަހައްޓާފަ އެވެ. 

މި ކުތުބުހާނާ ހުޅުވާފައި ވަނީ ދިވެހި ލައިބްރަރީ ދުވަހާ ދިމާކޮށެވެ. އިސްލާމީ މަރުކަޒުތަކުގައި ކުތުބުހާނާތައް ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް