އެނގިފައިވާ ގޮތުން ރޯވެ އަނދަމުންދަނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ 95 ފްލެޓްގެ އެޕާޓްމަންޓެއްގައެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހުޅުމާލޭގެ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 3 ވަނަ ފަންގިފިލާގައިކަމަށެވެ. އަދި އެތަނުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް ތީމް ހަރަކާތްތެރިވަމުން އަނަކަމަށާި މިހާރު އަލިފާން ކޮންޓްރޯލްކޮށްފައިވާކަމަށެވެ.
އަލިފާން ރޯވި ކޮޓަރި
ރޯވެފައިވަނީ މީހުން ނިދާ ކޮޓަރިއެއްގައެވެ. ދެ ބުރި އެނދެއް ހުރި މި ކޮޓަރީގައި ރޯވެ އެތަނުގައި ދަނގަޑުން ހުރި އެނދު ފިޔަވާ ހުރިހާ އެއްޗެއް ވަނީ އަނދާފައެވެ.